ads
މޫސުން ގޯސްދުވަހެއް--ފޮޓޯ:އޭއޯ ނިއުސް
މެދު ރާއްޖޭ ތެރެއަށް މޫސުން ގޯސްވާނެ: މެޓް
މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރިފި އެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ، ކ. އަތޮޅުން ލ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 14:30 އިން ފެށިގެން ރޭގަނޑު 19:00 އާ ހަމައަށެވެ.

"ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވޭ. އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ،" - މެޓް-

މޫސުން ގޯސްވި ނަމަވެސް، ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި އެއް ފޫޓާއި ދެމެދު ކަމަށް ވެސް މެޓުން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް