ads
ޓުއިންކަލް އަދި އަކްޝޭ
ޓުއިންކަލް އަކްޝޭގެ ނޭފަތް އުފުރާލަނީ
ޓުއިންކަލް ކަންނާ އާއި އަކްޝޭ ކުމާރަކީ ބޮލީވުޑްގައި ވަރަށް މަޝްހޫރު ދެތަރިން ނެެވެ. 2001 ވަނަ އަހަރުގެ ޖެނުވަރީގައި އެދެމީހުން ކައިވެނި ކޮށްފައިވާއިރުގައި މިއަދުވެސް އެމީހުންގެ ގުޅުން އެހާ ވަރުގަދަ އެވެ.

20 އަހަރުގެ ކައިވެނީގައި އަކްޝޭއާއި ޓުއިންކަލަށް ލިބިފައިވަނީ އަންހެން ދަރިއަކާއި ފިރިހެން ދަރިއެއް ލިބިފައެވެ. އެއީ އާރަވްއާއި ނިތާރާ އެވެ.

ވަރަށް ފަހުން އެ ޖޯޑު ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފަ އެވެ. އަދި ސޯޝަލް މީޑިއާގައި ޗުއްޓީގައި ނަގާފައިވާ ގިނަ ފޮޓޯތަކެއްވެސް ވަނީ ހިއްސާކޮށްފަ އެވެ.

އެގޮތުން އެ ދެމީހުންގެ ޗުއްޓީގެ ތެރެއިން އާންމުކޮށްފައިވާ ފޮޓޯތަކުގެ ތެރެއިން ފޮޓޯއަކުން ފެންނަނީ ޓުއިންކަލް އަކްޝޭގެ ނޭފަތް އުފުރާލަން އުޅޭ މަންޒަރެވެ. އެ ފޮޓޯ ވަރަށް "ކިއުޓް" ފޭނުންގެ ތެރެއިން ގިނަބަޔަކު އަންނީ ބުނަމުންނެވެ.

your imageޓުއިންކަލް އަކްޝޭގެ ނޭފަތުގައި ހިފައިގެން

އަކްޝޭ އަދި ޓުއިންކަލް އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން މިއަދުވެސް އެކަކު އަނެކަކު ދެކެ ލޯބިވާ ކަމަށް ވެސް އެ ފޮޓޯއާއި އެކުގައި ހާމަ ވެގެން ދެއެވެ. 

އެކަން ފޭނުންވެސް ވަނީ ކޮމެންޓު ތަކުގައި ފާހަގަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް