ads
އޮކްސްފޯޑުން އުފައްދާ އެސްޓްރާޒެނިކާ ވެކްސިން
ވެކްސިނާއި ގުޅޭގޮތުން އޮކްސްފޯޑުން ދޮގު ހެދިކަން ފަޅާއަރައިފި!
ވެކްސިނާއި ގުޅިގެން އޮކްސްފޯޑުން ދޮގު މައުލޫމާތު ދިންކަމަށް އެމެރިކާއިން ތުހުމަތުކޮށް އެކަން ފަޅާ އަރުވާލައިފިއެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއު އޮފް އެލާޖީ އެންޑް އިންފެކްސިއަސް ޑިސީސް ކޮންޓްރޯލް، އިން މިއަދު ބުނެފައިވަނީ އޮކްސްފޯޑުން އެސްޓްރާ ޒެނިކާގެ މައުލޫމާތު ފޯރުކޮށްދިން އިރު މުއްދަތު ހަމަވެފައިވާ ޑޭޓާ ދީފައިވާކަަމަށެވެ. 

އެ ސެންޓަރުން މިހެންބުނީ އޮކްސް ފޯޑުގެ އެސްޓްރާޒެނިކާ ވެކްސިނަކީ ކޮވިޑް 19 ވެކްސިނާއި ދެކޮޅަށް 100 ޕަސަންޓު މަސައްކަތް ކުރާ އެއްޗެއްކަން އެ ކުންފުނިން ހާމަކުމާގުޅިގެން ނެރުނު ބަޔާނެއްގައެވެ. 

އެސްޓްރާޒެނިކާ ވެކްސިންގެ އެންމެފަހުން ހިނގި ޓްރައިލްގައި 32،000 މީހަކަށް އެ ވެކްސިން ދީފައިވެއެވެ. ޓަރައިލްގައި ބައިވެރިވީ އެމެރިކާ، ޗިލީ އަދި ޕެރޫ މީހުންނެވެ. 

"އެސްޓްރާޒެނިކާ ވެކްސިނުން ލޭ ހޮޅިތައް ބެދޭކަމަށް ބުނާ ވާހަކައަކީ ވެސް ދޮގެއް،" އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެސްޓްރާޒެނިކާގެ ވެކްސިން އުފައްދާ މީހުން އެންމެ ފަހުން ބުނެފައިވަނީ އެ ވެކްސިން ޖެހި އެއްވެސް މީހަކު މިހާތަނަށް މަރު ނުވާކަމަށެވެ. 

ޔޫރަޕްގެ ބައެއް ގައުމުތަކުން އަންނަނީ އޮކްސްފޯޑުގެ ވެކްސިން ބޭނުންކުރުން ހުއްޓާލަމުންނެވެ. އިޓަލީ، ނެދަލޭންޑްސް، އަދި ޑެންމާކް މީހުން ވަނީ ވެކްސިން ބޭނުންކުރުން ހުއްޓާލާފައެވެ. 

0%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
77%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް