ads
އެލަން މަސްކު
އޭލިއަން ނޫޅޭކަމުގެ ހެކި އެލަން މަސްކު ދައްކައިފި!
އޭލިއަނުނެއް ނޫޅޭކަމަށް ދޭހަވާ މޭރުމުން ސްޕޭސް އެކްސްގެ ވެރިއާ، އަދި ޓެލްސާ ކުންފުނީގެ ސީއީއޯ، އެލަން މަސްކު ޓުވީޓު ކޮށްފިއެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ ޔޫއެފްއޯ ތަކުގެ ފޮޓޯ ނަގާފައި ހުންނަނީ މުޅިން ވެސް ނުސާފުކޮށް ކަމަށެވެ. 

ނަމަވެސް ޓެކްނޮލޮޖީއާއި އެއްވަރަށް ކެމެރާތަކުން ނަގާ ފޮޓޯތަކުގެ ރެސޮލިއުޝަން ރަނގަޅުވަމުން އަންނަ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. 

އެލަން މަސްކު މިހެން ބުނެފައިވަނީ، އެމެރިކާގެ ސަރުކާރުން ޔޫއެފްއޯ އުޅޭކަމުގެ ހެކި ހުރިކަމަށް ބުނެފައިވަނިކޮށެވެ. އެގޮތުން އެމެރިކާ ސަރުކާރުން ބުނެފައިވަނީ ޔޫއެފްއޯއެއް އާންމުން ގެންގުޅޭ ޓެކްނޮލޮޖީން ހޯދަން އުނދަގޫވާނެކަމަށެވެ.

your imageއޭލިއަނުން ނޫޅޭ ކަމަށް ބުނެ އެލަސް މަސްކު ކުރި ޓްވީޓު:-

ނަމަވެސް އެލަން މަސްކް އަކީ މީގެ ކުރިން އޭލިއަނުން އުޅޭކަން ހާމަކޮށްދިނުމަށް ގިނަ ވާހަކަތަކެއް ދެއްކި މީހެކެވެ. އެގޮތުން މިސްރުގެ ޕިރަމިޑުތައް ވެސް އެޅީ ދުނިޔެއިން ބޭރުން އައި ބައެއްކަމަށް ދޭހަވާ މޭރުމުން ވެސް އޭނާ ވަނީ ވާހަކަ ދައްކާފައެވެ.  

އޭނައަކީ އޭލިއަނެއް ކަމަށް ވެސް ވަނީ މީގެ ކުރިން ޓްވިޓާގައި ބުނެފައެވެ. 

your imageޕިރަމިޑުތައް ހެދީ ވެސް އޭލިއަނުންކަމަށް އެލަން މަސްކް ބުނާ ޓުވީޓު:

"އެއީ އޭލިއަނެއް ވާހަކަ ދައްކާނެގޮތް،" އެލަން މަސްކު އޭނާގެ ވާހަކަ ބަދަލުކުމުން މީހަކު ބުނެފައިވެެއެވެ.

ކުއްލިއަކަށް އެލަން މަސްކުގެ ވާހަކަ ބަދަލުވުމުން ގިނަބަޔަކު ވަނީ އޭނާއަށް ފާޑުކިޔައި މަލާމަތް ވެސް ކޮށްފައެވެ. 

އެލަން މަސްކު 2002 ވަނަ އަހަރު އުފެެއްދި ސްޕޭސް އެކްސް ކުންފުންޏަކީ މާސްްއަށް އިންސާނުން ފޮނުވުމުގެ މަގުސަދުގައި އުފެއްދި ކުންފުންޏެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް