ads
------
ހިމާޔަތްކުރީ ރާއްޖޭގައި އާންމުކޮށް އުޅޭ ކޮތަރުގެ ވައްތަރެއް ނޫން
ރާއްޖޭގައި އުޅޭ ކޮތަރުގެ ބާވަތްތަކުން އިއްޔެ ހިމާޔަތްކުރި ވައްތަރުގެ ކޮތަރުގެ ތެރޭގައި މިހާރު އާންމުކޮށް މި އުޅޭ ވައްތަރުގެ ކޮތަރު ނުހިމެނޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

އިއްޔެ މިނިސްޓްރީން ވަނީ ރާއްޖޭގައި އުޅޭ ދޫނީގެ 104 ވައްތަރެއްގެ ދޫނި ހިމާޔަތްކޮށްފަ އެވެ.

އެއާއެކު ކޮތަރު ހިމާޔަތްކުރުމުން އެކަމާއި ގުޅިގެން އެކި ގޮތްގޮތަށް މީހުން ވާހަކަ ދައްކަމުންދާތީ މިނިސްޓްރީން މިވަނީ ހިމާޔަތްކުރީ ކޮން ވައްތަރެއްގެ ކޮތަރެއްކަން ސާފުކޮށްދީފަ އެވެ. އެގޮތުން ހިމާޔަތްކުރީ "ޕިޖަން" ނޫން ކަމަށާއި ހިމާޔަތްކޮށްފައި ވަނީ ރާއްޖޭގައި ވަރަށް މަދުން އުޅޭ ވައްތަރެއްގެ ކޮތަރެއް ކަމަށްވާ "ޑަވް" ކަމަށް ބުނެފަ އެެވެ.

އިއްޔެ ރާއްޖެއިން ހިމާޔަތްކުރި ދޫނިތަކުގެ ތެރޭގައި ފިނދަނަ އާއި ކިރުދޫނި، ބަކަމޫނު އަދި ބޮނޑަނަ އާއި ބާޒުގެ އިތުރުން ފެންފޯއް ދޫނި ހިމެނެ އެވެ.

އެ ދޫނިތައް ހިމަޔަތްކުރުމާއެކު އެ ބެލެހެއްޓުމުގައި އަމަލުކުރާނީ ގުދުރަތީ ނުވަތަ ތޮބީއީގޮތުގައި ހިމާޔަތްކޮށް ރެައްކާތެރިކުރާ ދިރޭ ތަކެއްޗާމެދު އަމަލުކުރަން އޮންނަ ގަވާއިދާ އެެއްގޮރަށެވެ.

ދޫނި އެއްޗެހި، ހިމާޔަތްކުރުމުން އެތަކެތި ހިފާ ގެންގުޅޭނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް