ads
މޫސުން ގޯސް ދުވަހެއްގައި ކަނޑުމަތީގައި އުޅަނދުތަކެއް ހަރަކާތްތެރިވަނީ -- ފޮޓޯ: ވީނިއުސް
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ޔެލޯ އެލާޓަށް!
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އިތުރު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުން ގޯސްވެ އިތުރު ޔެލޯ އެލާޓެއް ނެރެފައި ވަނީ  ހަވީރު 17:00 އިންފެށިގެން މިރޭ 21:00 ގެ ނިޔަލަށް ށ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. 

މެޓުން ބުނީ މިސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށްވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. 

މީގެ އިތުރުން މިއަދު މެންދުރު ވަނީ 15:00 އިން ފެށިގެން 17:00 ގެ ނިޔަލަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވެސް ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައެވެ. 

މެޓުން ބުނީ، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ދެކުނު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން، ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. 

މެޓުން ވަނީ މޫސުން ގޯސްވެ، ކަނޑުތައްވެސް ގަދަވާނެތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.  

މިއަދު ޏ. ފުވައްމުލަކުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދާ "އެމް 5" ނަމަކަށް ކިޔާ ބޯޓެއް ދިޔަވަމުންދާތީ އެމްއެންޑީއެފްއިން މިހާރުވެސް ދަނީ ހަރަަކާތްތެރިވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް