އެމްޕީއެލް ސަރަހައްދު--
އެމްޕީއެލްގައި ހިނގި ދެ މަރުގެ ޖިނާއީ ތަހުގީގެއް ހިންގަން ފާސްކޮށްފި
Share
އެމްޕީއެލްގައި އެންމެ ފަހުން ހިނގި ނުރައްކާތެރި ދެ ހާދިސާ ހިނގުމުގައި އިހުމާލުވި ފަރާތްތަކާއި މެދު ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
Advertisement

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން މި ގޮތަށް ނިންމި ރިޕޯޓް މަޖިލީހުން ފާސްކުރީ 26 މެމްބަރުންގެ ވޯޓުންނެވެ.

އެމްޕީއެލްގައި މިއަހަރު ހިނގި ނުރައްކާތެރި ދެ ހާދިސާގައި ދެ ޒުވާނަކު ވަނީ މަރުވެފަ އެވެ. އެންމެ ފުރަތަމަ ހާދިސާ ހިނގީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެއީ އެމްޕީއެލް ސަރަހައްދުގައި ކޮންޓެއިނަރަކުން ބިއްލޫރި ޕެލެޓްތަކެއް ނެރެން އުޅުމުގެ ތެރޭގައި އަނިޔާވި ނ. ލަންދޫއަށް އުފަން 27 އަހަރުގެ އަބްދުﷲ އާސިމް މަރުވި ހާދިސާ އެވެ. ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އާސިމް މަރުވިތާ މަސް ދުވަސް ނުވަނީސް، އެމްޕީއެލްގެ ކެރޭނަކުން ސަޕްލައި ދޯންޏަކަށް ބަރުކުރަމުންދިޔަ ކާޕެޓް ރޯލެއް، ދަށުވެ ހދ. ނޮޅީވަރަން، ނައިޓް ޓްރީމް، އިމްރާން އަލީ ވަނީ މަރުވެފަ އެވެ. 

އެކަމުގައި އިހުމާލުވި ކަމަށް ބުނެ ކުންފުނިން ބައެއް މުވައްޒަފުން ސަސްޕެންޑް ވެސް ކުރި އެވެ.

އެ ދެ ހާދިސާއާ ގުޅިގެން އެމްޕީއެލުން ބުނެފައި ވަނީ މާލޭ ވިޔަފާރިވެރިންގެ ބަނދަރުގައި މައިގަނޑު ގޮތެއްގައި ހިނގަމުންދަނީ ނުރައްކާތެރި މަސައްކަތެއް ކަމަށާއި ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރަމުންދާ މުދާ ކްލިއާ ކުރާ ކުންފުނިތަކާއި އަދި އެހެން ފަރާތްތަކުން ވެސް، ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ. އަދި މުދާ ކްލިއާ ކުރާ ކުންފުނިތަކުން މުދާ ނެރުމުގައި އަމަލުކުރަމުންދާ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށް އެ ފަރާތްތަކާ އެއްކޮށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް ބުނެފައި ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް