ads
ރައީސް ސޯލިހު--
ޔޫއޭއީ ބޮޑުވަޒީރަށް ރައީސް ސޯލިހު ތައުޒިޔާ މެސެޖެއް ފޮނުއްވައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ބޭބޭފުޅު، ދުބާއީގެ ޑެޕިއުޓީ ރޫލާ އަދި ޔޫއޭއީގެ ފިނޭންސް މިނިސްޓަރު ޝައިހް ހަމްދާން ބިން ރާޝިދު އަލް މަހްތޫމް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މި މެސެޖުގައި ޔޫއޭއީގެ ފިނޭންސް މިނިސްޓަރު ޝައިހް ހަމްދާން އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއި އެކުގައި ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އެ މަނިކުފާނަކީ އެ ގައުމުގެ ކުރިއެރުމާ ތަރައްގީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށާއި އެ މަނިކުފާނު ވަކިވެ ދިއުމުގެ އުނިކަން މުޅި ޔޫއޭއީގެ އިތުރުން، މެދުއިރުމައްޗާއި މުޅި ދުނިޔެވެސް އިހުސާސް ކުރާނެކަމަށް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. 

ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ރައީސް ސޯލިހުގެ މެސެޖުގައި، ޔޫއޭއީގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރުގެ އިތުރުން އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ގައުމުގެ ރައްޔިތުންނަށާއި، ހާއްސަކޮށް ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނަށް އިހުލާސްތެރި ތައުޒިޔާ ފޮނުުއްވާފައިވެއެވެ. 

ޔޫއޭއީގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝައިހް ހަމްދާން ބިން ރާޝިދު އަލް މަހްތޫމް އަވަހާރަވެވަޑައިގެންނެވީ އެމަނިކުފާނުގެ އުމުރުން 75 އަހަރުގަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ 50 އަހަރުވަންދެން ޔޫއޭއީގެ ފިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް