ads
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު
ހިޔާ މަޝްރޫއު އިން ސިފައިންގެ ކެޓަގަރީއެއް އުވައެއް ނުލާނަން: މާރިޔާ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ ހިޔާ މަޝްރޫއުގެ ދަށުން ސިފައިނަށް ފްލެޓް ލިބުނު ކެޓަގަރީ އުވާލަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދޮގު ކުރައްވައިފި އެވެ.

މިނިސްޓަރު މާރިޔާ މިގޮތަށް ވިދާޅުވެފައި ވަނީ އާންމުންގެ އެކުވެރި ގުޅުން، ޖަމިއްޔާއިން ފުލުހުންނާއި ސިފައިނަށް ފްލެޓް ލިބުނު ކެޓަގަރީ އުވާލަން މަސައްކަތްކުރަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ބުނެފައިވާތީ އެވެ. 

އާންމު އެކުވެރި ގުޅުމުން ނެރުނު ބަޔާނެއްގައި ވަނީ ފުލުހުންނަށް ކަނޑައެޅި 300 ފްލެޓާއި ސިފައިންނަށް ކަނޑައެޅި 300 ފްލެޓް ސަރުކާރަށް ނެގުމަށް، ފުލުހުންނާއި ސިފައިންގެ ކެޓަގަރީ އުވާލަން މަޝްވަރާ ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ޖަމިއްޔާގެ ‏މެންބަރުންގެ ތެރޭގައި ހިމެނޭ ބައެއް ފުލުހުނާއި ސިފައިން ހިއްސާކޮށްފައިވާ ކަމަށެވެ.

ހިޔާ ފްލެޓްތަކާއި ގުޅޭ ގޮތުން ސަރުކާރުން މިހާތަނަށް ކަންތައްކޮށްފައިވާ ގޮތުން، އެފަދަ ކަމެއް ނުކުރާނޭ ބުނަން ދަތި ކަމަށް އެ ޖަމިއްޔާއިން ބުނެފައިވަނިކޮށް މިނިސްޓަރު މާރިޔާ ވަނީ އެ ތުހުމަތުތަކަކީ "ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު" ކަމަށް ވިދާޅުވެފަ އެވެ.

އަދި ސިފައިންނަށް ލިބޭ 300 ފްލެޓްގެ ފޯމުތައް އެމްއެންޑީއެފުން ދިރާސާކޮށް އިންޓަވިއުކޮށްފައިވާކަން ވެސް ސިފައިންނަށް އެނގޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުންގެ 14 ބުރީގެ ހަ ޓަވަރު ހުޅުމާލޭގައި އަންނަނީ އިމާރާތްކުރަމުންނެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް