ads
ގަންގުބާއީ ކަތިވަޑާއި ފިލްމުގައި އާލިއާ އަދި ފިލްމު ނިސްބަތްވާ ގަންގުބާއީ ---
ފިލްމު ގަންގުބާއީ ކަތިވަޑާއިގެ މައްސަލަ އަނެއްކާވެސް ކޯޓަށް!
ފިލްމު ޑިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އެންމެ ފަހުގެ ފިލްމު ގަންގުބާއީ ކަތިވަޑާއިގެ މައްސަލަ އަނެއްކާވެސް ކޯޓަށް ހުށަހަޅައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު 24 ގައި މި ފިލްމުގެ ޓީޒާ ޓްރެއިލާ ރިލީޒް ކުރުމާއެކު ގިނަ ބަޔަކު ވަނީ ފިލްމުގެ ބަތަލާ އާލިއާ ބަޓްއަށް ތައުރީފު ކޮށްފައެވެ.

ނަމަވެސް ފިލްމުގެ ޕޯސްޓަރު ރިލީޒްކުރި ހިސާބުން ފެށިގެން އެ ފިލްމަށް އަންނަނީ ގާނޫނީ ގޮތުން އެކި ހުރަސްތަކާ ކުރިމަތިލާން ޖެހިފައެވެ.

އެގޮތުން މި ފިލްމު ނިސްބަތްވާ ގަންގުބާއި ކަތިވަޑާއިގެ "އެޑޮޕްޓަޑް" ދަރިފުޅު ކަމަށް ބުނާ ބާބޫޖީ ޝާހް ވަނީ މި ފިލްމު އުފެއްދި މީހުން އަދި ފިލްމު ނިސްބަތްވަ ވާހަކަ، "މާފިޔާ ކުއީން"ގެ ލިޔުންތެރިޔާ ހުސެއިން ޒައިދީ އާއި ދެކޮޅަށް ބޮމްބޭ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް ބޮމްބޭ ސިވިލް ކޯޓުން ވަނީ އެ މައްސަލަ ބޭރު ކޮށްލާފައެވެ.

އޭގެ ފަހުން ބާބޫޖީ ޝާހު ވަނީ އަނެއްކާ އިތުރު މައްސަލައެއް ހުށަހަޅާފައެވެ. އެގޮތުން މި ފިލްމުގައި އޭނާގެ އާއިލާ ދައްކުވައި ދެނީ ގޯސްކޮށް ކަމަށް ބުނެ އޭނާ ވަނީ ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. 

މިކަމާ ގުޅިގެން މުމްބާއީ ކޯޓުން ވަނީ އަންނަ މެއި މަހު 21 ވަނަ ދުވަހު އާލިއާ، ބަންސާލީ އަދި ހުސެއިން ޒައިދީ ކޯޓަށް ހާޒިރު ވުމަށް އަންގާފައެވެ. ނަމަވެސް މި މައްސަލައިގައި ބަންސާލީ އަދި އާލިއާވެސް މިހާތަނަށް ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

މިއަހަރުގެ ޖުލައި މަހު 30 ގައި ރިލީޒް ކުރަން ނިންމާފައިވާ މި ފިލްމަކީ ބަޔޯގްރިފިކަލް ކްރައިމް ޑްރާމާ އެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް