ads
ފޮޓޯ: އެމްޓީސީސީ
ވޭވަށް ބަނދަރުގެ 80 ޕަސެންޓް ނިމިއްޖެ
މ. ވޭވަށް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 80 އިންސައްތަ ނިމިއްޖެ އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް 22 މާޗް 2021 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. 

އަދި އެ މަޝްރޫއުގެ ދަށުން، 66،831 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 380 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

އޭގެ އިތުރުން މަގު ބައްތި ހަރުކުރުމާއި، 1،880 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ. މި މަޝްރޫއަކީ 48.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް