ads
ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާގެ ހައި ކޮމިޝަނަރާއެކު: ފޮޓޯ ފޮރިން މިނިސްޓްރީ
އެއް ކޮނޑަށް ވެކްސިން ޖަހައިގެން ތިބޭކަށް ނުޖެހޭނެ: މިނިސްޓާ ޝާހިދު
އެއް ކޮނަޑަށް ވެކްސިން ޖަހައިގެން ދިވެހިނަށް ތިބެން ނުޖެހޭނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ، ޗައިނާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި ދެ ލައްކަ ޑޯޒް ވެކްސިންގެ ތެރެއިން އެއް ލައްކަ ޑޯޒާއި ހަވާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން މިނިސްޓަރު ވިދާޅުވީ މިރާރު ދިވެހިރާއްޖޭގައި ގިނަބަޔަކު ކޮވިޝީލްޑް ވެކްސިން ޖަހައިގެން ތިއްބައި އިންޑިއާއިން އެ ވެކްސިން ބޭރުކުމުގައި ދަތިތަކެއް ހުރިކަމަށް ބީބީސީން އިއްޔެ ހަބަރެއް ގެނެސްދީފައިވާކަމަށެވެ. އެހެންކަމުން ދިވެހިންގެ ގިނަބަޔަކު އެއް ކޮނޑަށް ވެކްސިން ޖަހައިގެން ތިބެންޖެހިދާނެކަމުގެ ކަންބޮޑުވުން އޮތް ނަމަވެސް، އެކަމުގެ ހައްލު މިހާރު ދިވެހިރާއްޖެއަށް ލިބިފައިވާކަމަށެވެ. 

"އިންޑިއާ ސަރުކާރުން ވަނީ އިތުރު އެއްލައްކަ ޑޯޒް ވެކްސިން ރާއްޖެއަށް ފޮނުވާނެކަން ޔަގީންކޮށްދީފަ. އަދި އޭގެ ފަހުން ބޭނުންވާ އެއްލަކަ ޑޯޒް ވެސް އެއްވެސް ދައްޗަކާ ނުލާ ލިބޭކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން މިއަދު ވަނީ ދެއްވާފަ،" - މިނިސްޓަރު ޝާހިދު

މިނިސްޓަރު ޝާހިދު ވިދާޅުވީ، ޗައިނާއިން ހަދިޔާ ކުރާ ސިނަފާމް ބްރޭންޑުގެ ފުރަތަމަ އެއް ލައްކަ ޑޯޒް ވެސް ޖެހުމަށް ފަހު ދެވަނަ އެއް ލައްކަ ޑޯޒް ރައްކާކުރާނީ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދިނުމަށް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

މިނިސްޓަރުގެ ވާހަކަ ފުޅުގައިވަނީ ދިވެހިރާއްޖެއަށް ޗައިނާއިން ދެއްވި ދީލަތި އެހީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަށް ބޭނުންވާ ވެކްސިން ހުއްޓުމެއް ނެތި ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް