ads
މެމްބަރު އަހުމަދު ސަލީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން ސައްލެގެ ވާހަކަ ކުށްވެރިކޮށްފި
ސިވިލް ސާވިސް މުވައްޒަފުންނާއި ގުޅިގެން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ދެއްކެވި ވާހަކަތައް، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ކޮށްވެރިކޮށްފި އެވެ.

ސިވިލް ސާވިސް މުވައްޒަފުންނަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން، ކައްވަޅަށް ދާންދެން އަނގަމަޑުންލައިގެން ތިބެންޖެހޭ ބައެއް މެމްބަރު ސަލީމް ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ. 

އެކަން ކުށްވެރިކޮށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ކުރި ޓްވީޓެއްގައި ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް މޭރުމުން މެމްބަރަކު ވާހަކަ ދެއްކެވެމުން އެ ޔޫނިއަނުން ކަންބޮޑުވާ ކަަމަށެވެ. އަދި ސަލީމްގެ ވާހަކަތަކަކީ ރާއްޖޭގެ ގާނޫނުއަސާސީއާ ވެސް ހިލާފު ވާހަކަތަކެއްކަން ހަނދާންކޮށްދޭން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. 

މެމްބަރު ސަލީމް ވަނީ އޭރެއްގައި އޮންނަ ސަރުކާރެއްގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ސިވިލް ސާވިސްއަށް އޮންނަން ޖެހޭ ކަމަށާއި އަދި އެ އިތުބާރު ދެމެހެއްޓުމަށް ސިވިލް ސާވިސްގައި ތިބި 26000 މުވައްޒަފުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ސަލީމް ވިދާޅުވި ގޮތުގައި އިތުބާރު ގެއްލެން މެދުވެރިވަނީ ސިވިލް ސާވިސްގެ ތެރޭގައި ހުންނަންޖެހޭ ވެލިއުތައް ގާއިމުކޮށްފައި ނުވާތީ އެވެ. އަދި ސިވިލް ސާވިސްގައި ތިބޭ މީހުންނަށް ބޭނުންހާ އެއްޗެއް ނުލިޔެވޭނެ ކަމަށާއި ބޭނުންހާ ވާހަކައެއް ވެސް ނުދެއްކޭނެ ކަމަށް ވިދާޅުވި އެވެ. އަދި އޭނާއަކީ "ފޭސްލެސް" މީހެއް ކަމަށް ތަޖުރިބާކާރުން ބުނާ ކަމަށާއި އޭނައަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަންޖެހޭ މީހެއް ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް