ads
އޭޖީ ރިއްފަތު--
އައިކޮމްގެ ނިންމުންތައް ހައިކޯޓަށް ނުބެލޭ މައްސަލަ ސުޕްރީމް ކޯޓަށް
އިންފޮމޭޝަން ކޮމިޝަނުގެ ނިންމުންތައް ހައިކޯޓުން ނުބެލޭ މައްސަލަ ދައުލަތުގެ ފަރާތުން ސްޕްރީމްކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އެ މައްސަލަ އިސްތިއުނާފުކޮށްފައިވަނީ، އާންމު މައްސަލަތައް ބަލައި ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުންކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ހާމަކޮށްފައެވެ.

ހައިކޯޓުން މިމަހު 21 ވަނަ ދުވަހު މިކަން ހާމަކޮށްފައިވަނީ ލ.ގަން، މުކުރިމަގު، ނޫވިލާގެ / މޫސާ ނަސީމްގެ ފަރާތުން 05 ނޮވެންބަރު 2019 ގައި އޭނާ މާލޭ އެމްޑަބްލިއުއެސްސީގެ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމުގައި ހަވާލާދީފައިވާ އޮޑިޓް ރިޕޯޓް ހޯދުމަށް އެދި 12 ފެބްރުވަރީ 2020 ގައި އެކުންފުންޏަށް ހުށަހަޅާފައިވާ މައްސަލައިގައި، 21 ދުވަސް ފާއިތުވީއިރު ވެސް އެއް ވެސް ޖަވާބެއް އެކުންފުނިން ދީފައިނުވާތީ، އިންފޮމޭޝަން ކޮމިޝަނަރު ނިންމެވި ނިންމުން އިލްތިމާސް ކުރި މައްސަލައިގަ އެވެ.

އެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރު ނިންމާފައި ވަނީ މޫސާ ނަސީމް ، ހޯދުމަށް އެދި ހުށަހެޅި މައުލޫމާތުތއް އޭނާއަސް ދޫކުރުމަށެވެ. އެކަމަކު އެ ނިންމުން އެމްޑަބްލިއުއެސްސީން ހައިކޯޓުގައި އިލްތިމާސްކޮށްފައިވާއިރު މައްސަލައަށް އޭނާ ވަނީ ވަދެފަ އެވެ.

އެމްޑަބްލިއުއެސްސީން ހައިކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގެ 36 ވަނަ މާއްދާ އާއި 37 ވަނަ މާއްދާ އާއި 38 ވަނަ މާއްދާ އާއި 39 ވަނަ މާއްދާ ގައި ބަޔާން ކޮށްފައިވާ، ހައިކޯޓުގެ އިހްތިސާސްއާ ގުޅޭ އުސޫލުތަކުގެ ތެރެއިން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ކަމުގައި ނުވާތީ، އެ މައްސަލައަކީ ހައިކޯޓުން ބެލިދާނެ މައްސަލައެއްތޯ އާއި ހައިކޯޓަށް ބެލުމުގެ އިހްތިސާސް ގާނޫނުން ލިބިދީފައި ނެތް ކަމެއްގައި ހައިކޯޓަށް އިސްތިއުނާފީ އުސޫލުން ނުވަތަ އެނޫންވެސް ގޮތަކުން އެމައްސަލައެއް ބެލިދާނެތޯ ގަސިއްޔާގައި ބޭއްވުނު ފުރަތަމަ އަޑުއެހުމުގައި މައްސަލާގައި ޝާމިލުވާ ފަރާތްތަކާއި ކޯޓުން ސުވާލު ކުރެވި އެފަރާތްތަކުން ދެކޭ ގޮތް ހާމަ ކޮށްފައިވެ އެވެެ. 

ހައިކޯޓަށް ލިބިގެންވާ އިސްތިއުނާފީ އިހްތިސާސް ބިނާވެފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުތައް އިސްތިއުނާފުން ބެލުމުގެ މައްޗަށެވެ. ހައިކޯޓުގެ އިސްތިއުނާފީ އިހްތިޞާޞްގެ ދަށުން ބެލޭނީ ދަށު ކޯޓަކުން ނުވަތަ ގާނޫނެއްގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކުން ނިންމާފައިވާ މައްސަލައެއް ނުވަތަ ނިންމުމެއް ނުވަތަ ނެރެފައިވާ އަމުރެއް ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ނުވަތަ ގާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ހިލާފުކަމަށް 4 ގަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަސްލަހަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތަކެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހައިކޯޓަށް ލިބިދޭ އިހްތިސާސް އެއް ނުވަތަ އިސްތިއުނާ ފުން މައްސަލަ ބެލުމުގެ ބާރެއް ބަޔާންކޮށްފައެއް ނުވާ ކަމަށާއި އެމާއްދާއިން ލިބިދީފައިވާ އިލްތިމާސް ކުރުމުގެ ފުރުސަތަކީ އިންފޮމޭ ޝަން ކޮމިޝަނަރު ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ލިބިދީފައިވާ ފުރުސަތެކެވެ. އެހެންކަމުން ދެން ކޯޓުން ރުޖޫއަވާން ޖެހެނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށެވެ.

ހައިކޯޓުގެ ހުކުމްގައި ބުނީ ފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ އެނިންމުމަކާ ގުޅޭގޮތުން ހިތްހަމަނުޖެހޭ ފަރާތަކުން އެމައްސަލަ ހައިކޯޓަށް އިލްތިމާސް ކުރުމުގެ ފުރުޞަތު ޤާނޫނުން ލިބިދީފައިވާ އޮތް އޮތުމުގެ ޙަޤީޤީ މާނައެއް ނެތް ކަމަށެވެ. 

އަދި ހައިކޯޓަށް ބެލުމު ގެ އިހްތިސާސް ނެތްކަމަށް ބަޔާންކޮށް ނިންމާ މިބާވަތުގެ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ގާނޫނީ ހުރަހެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް