ads
އެފްއޭއެމްގެ ރައީސް ބައްސާމް އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު އަދި އެފްއޭގެ ޖީއެސް
ކްލަބުތަކުގެ އިންޒާރާ އެކު ލީގު ފަށަން ހުއްދަ ދީފި
އެއްވަނަ ޑިވިޝަނުގެ ކްލަބުތަކުން ދަރުބާރުގޭ ދޮށުގައި އަދި އެޗްޕީއޭގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ މެންބަރުންގެ ގޭގޭގެ ދޮށުގައި މުޒާހަރާ ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދިނުމާއި އެކު، ދިވެހި ލީގު އަލުން ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދީފިއެވެ. އިންޒާރުތަކަށް ފަހު ހުއްދަ ލިބުމުން، ދިވެހި ލީގު ފަށަން އެފްއޭއެމުން ނިންމާފައިވަނީ ހުކުރު ދުވަހުއެވެ.

ލީގު އަލުން ފަށަން ހުއްދަ ލިބުމާއި އެކު މިދިޔަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން މެދު ކަނޑާލާފައިވާ ލީގު އަލުން ފަށާނީ މާދަމާއެވެ. އެކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އިއުލާން ކުރައްވާފައެވެ.

ކޮވިޑާ ގުޅިގެން ދިވެހި ލީގު މެދު ކަނޑާލަން ޖެހި، ގިނަ ދުވަސްތަކެއްވެފައިވާތީ އެއްވަނަ ޑިވިޝަންގެ ފުޓުބޯޅަ ކްލަބުތަކުންވަނީ އެކި ގޮތްގޮތަށް ސަރުކާރަށް ޕްރެޝަރުކޮށްފައެވެ. އެންމެ ފަހުން މި ހަފުތާ ތެރޭ ކްލަބުތަކުންވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އިންޒާރުވެސްދީފައެވެ.

ރަސްމީ ބޯޅަ ދަނޑުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މި ހަފުތާ ތެރޭ މާޒިޔާގެ ޖެނެރަލް ސެކެއްޓްރީ އަބްދުލްވައްހާބުވަނީ ކްލަބުތަކުން ދަރުބާރުގޭ ދޮށުގައި އެއްވާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ކްލަބުތަކުން ދަރުބާރުގޭ ދޮށަށް ދާން ޖެހިއްޖެ ނަމަ އޭގެން ނުކުންނާނެ ނަތީޖާ ގޯސް ވެދާނެ ކަމަށް ވައްކޭ ބުންޏެވެ. ދަރުބާރުގެއަކީ، ކޮވިޑާ ގުޅިގެން ސަރުކާރުން ގާއިމްކޮށްފައިވާ އިމަރޖެންސީ ހެލްތުގެ މައި މަރުކަޒު ހިނގަމުންދާ އިމާރާތެވެ.

އެ ބޭފުޅުންނަށް އަޅުގަނޑު ދޭން އޮތް ނަސޭހަތަކީ އަޅުގަނޑުމެންނަށް މަޖުބޫރު ނުކުރުވާށޭ. ކްލަބްތައް އެ ތިބީ ދަރުބާރުގެ ކައިރިއަށް ވެސް ދާން ތައްޔާރަށް. އެކަމަކު އެއީކީ ރަނގަޅު ގޮތެއް ނޫން ދެއްތޯ. ކްލަބްތައް ގޮސްފިއްޔާމު އޭގެއިން ނުކުންނާނެ ނަތީޖާ ގޯސްވެދާނެ. އެއީ އެއް ނޫން ކަންތައް ކުރަންވީ ރީތި އުސޫލަކީ

މާޒިޔާގެ ޖެނެރަލް ސެކެއްޓްރީ ވައްހާބުގެ ވާހަކައަށް ސަޕޯޓުކުރަމުން ކްލަބު އީގަލްސްގެ ވައިސް ޗެއަރމަން މުފާވިޒް ހާޝިމްވެސް ވަނީ ޒުވާނުންތަކެއް މަގުމައްޗަށް ނުކުމެގެން ކަމެއް ކުރަން އުޅެފިނަމަ މާ ރަނގަޅު ނުވާނެ ކަމުގެ އިންޒާރު ދީފައެވެ. މީގެ އިތުރުން ޔުނައިޓެޑް ވިކްޓްރީގެ ފަރާތުން ޕްރެސް ކޮންފަރެންސްގައި ވާހަކަ ދެއްކި އެ ކްލަބުގެ މެނޭޖަރު މުހައްމަދު ފަސީންވަނީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ މީހުންގެ ގޭގޭގެ ދޮށް އެއްވެ މުޒާހަރާ ކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ޔުނައިޓެޑް ވިކްޓްރީގެ ފަރާތުން ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަން ޓީމުތައް ގޮވައިގެން ޓެގް ޓީމުގެ މީހުންގެ ގޭދޮށުގައި ތިބެ މުޒާހަރާ ކުރަން ވެސް ޖެހިދާނެ. ހަމަގައިމު ވެސް އަޅުގަނޑު މި ހުރީ ދާން ތައްޔާރަށް. މުޒާހަރާއަށް ދާން ޖެހިއްޖިއްޔާމު ގޭދޮށަށް ދާން ޖެހިއްޖިއްޔާމު އަޑުގަދަ ކުރަން ޖެހިއްޖިއްޔާމު ބޯޑުތައް ހިފައިގެންދާން ޖެހިއްޖިއްޔާމު ޔުނައިޓެޑް ވިކްޓްރީގެ ފަރާތުން މި ތިބީ އެކަން ކުރަން ތައްޔާރަށޭ އުއްމީދުކުރަން އެހެން ޓީމުތަކުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް.

ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ފުޓްބޯޅަ ލީގުވަނީ މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން މެދު ކަނޑާލާފައެވެ. ލީގުގެ ކުޅުން މެދު ކަނޑާލިއިރުން ފެށިގެން ކްލަބުތަކާއި އެފްއޭއެމުން އަންނަނީ އެކި ގޮތްގޮތަށް ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ. ލީގުގެ ކުޅުން އަލުން މާދަމާ ފަށަން ނިންމިކަން އެފްއޭއެމުން އިއުލާން ކުރިއިރު އަންނަ މަހު މާލޭގައި އޭއެފްސީ ކަޕުގެ މެޗެއްވެސް ކުޅޭނެއެވެ. އޭނގެ ފަހުން މެއި މަހުވެސް އޭއެފްސީ ކަޕުގެ މެޗުތަކަށް ރާއްޖޭގައި ކުޅެންވަނީ ހަމަ ޖައްސާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް