ads
ފޮޓޯ: ޖަމާލުއްދީން ސްކޫލު
ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިކޮށްގެން ކިޔަވައިދެނީ
ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ޖެހޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ އަކަކުން ފެށިގެން މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ އިން ފެށިގެން މަތީ ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދެވޭނީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކަމަށެވެ.

ގުރޭޑް 7 އިން ފެށިގެން މަތީގެ ގުރޭޑްތަކުގައި ކިޔަވަމުން އަންނަ ކުދިން، ސުކޫލަށް ގެންގޮސްގެން ކިޔަވާ ދޭން އެޑިއުކޭޝަނުން މިނިސްޓްރީން ނިންމައިފިވަނީ މިމަހުގެ 11 ވަނަ ދުވަހުގަ އެވެ.

މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 9 އެއްގެ ކިޔެވުން އޮންލައިންކޮށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގަ އެވެ. އެހެންނަމަވެސް، މިވަނީ ހާލަތަށް ބަލައި ބަދަލުތަކެއް ގެނެސްފަ އެވެ. 

އެ ބަދަލު ގެނެސްފައިވާއިރު އިއްޔެވެސް މުޅި ރާއްޖެއިން 139 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 89 މީހެކެވެ. އަތޮޅު ތެރެއިން 31 މީހުން އަދި ރިސޯޓުތަކުން 19 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް