ads
ޑީޖީ މައިމޫނާ އަބޫބަކުރު-----
ކޮވިޑް 19: ޖޯކަކަށް ވީ ބާ؟
ދުވަހަކަށް ފަހު ދުވަހެއް ކޮވިޑް 19 ގެ ކޭސްތައް ފެންނަލެއް ގިނަވެ، ރާއްޖެއަށް ކޮވިޑްގެ 3 ވަނަ ރާޅު ބިންދާލާފައިވާ ކަމަށާއި މިބަލީގެ އެންމެ ނުރައްކާތެރި ފައްތަރަށް ރާއްޖެ ވެއްޓިފައިވާކަމަށް މާހިރުން ވިދާޅުވެފައިވާ ދަނޑިވަޅެއެއްގައި ކޮވިޑް 19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅި ފިޔަވަޅުތައް ބާތިލްކުރުމަށްފަހު ލުއިތަކެއް މިހާރު ވަނީ ދީފައެވެ. މިއާއެކު ބައެއް މީހުން އުފައްދާ ސުވާލަކީ ކޮވިޑް ޖޯކަކަށްވީ ތޯ؟ އެވެ.

ކޮވިޑް 19 އިތުރަށް ފެތުރުނަ ނުދިނުމަށާއި އެންމެންގެ ސަލާމަތަށްޓަކާއި މާލެ ސަރަހައްދުގައި ވަކި ވަގުތަކަށް ފަހު އެއްގަމު އުޅަނދު ދުއްވުން މާނާ ކޮށްފައިވާ އެންގުމާއި މާލެ ސަރަހައްދުގެ (މާލެ، ވިލިމާލެ، ހުޅުމާލެ) ހުރިހާ ޕާކުތަކާއި މައިޒާންތައް އާއްމުންނަށް ބަންދުކުރަން ނިންމި ނިންމުން ވަނީ ބާތިލްކޮށްފައެވެ. 

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރެފައިވާ އެންގުމުގައި ބުނެފައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލޭ ސަރަހައްދުގައި، ހަވީރު ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައި އޮތް އޮތުމާއި މާލޭ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތައް ބަންދުކުރަން އެންގީ މާޗު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ބައްދު ކުރަން އެންގާފައިވާ ހުރިހާ ޕާކުތަކާއި މައިޒާންތައް އާއްމުންނަށް ބަންދުކުރަން ނިންމި ނިންމުން ބާތިލް ކުރާ ކަމަށެވެ.

މަގުމަތީގައި މީހުން ހަރަކާތްތެރިވާ މިންވަރު މަދުކުރުމަށް ކަމަށް ބުނެ މާލޭ ސަރަހައްދުގައި ވަކި ވަގުތެއްގެ ފަހުން ވެހިކަލް ދުއްވުން މަނާކުރިއިރު އެ ކަމަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. 

އޭރުވެސް ވަކި ވަގުތެއްގެ ފަހުން ކޮވިޑް ނޫޅެނީތޯ؟ ވެސް ދިޔައީ ސުވާލުކުރަމުންނެވެ. 

އަދި މަގުމަތީގެ ހާލަތަށް ބަލާއިރު މަގުމަތީގައި ހަރަކާތްތެރިވާ މީހުންގެ އަދަދު މަދު ނުވުމުގެ ސަބަބުން ގިނަ ބަޔަކު މި ގަވާއިދު އުވާލުމަށް ދިޔައީ ގޮވާލަމުންނެވެ.

ކޮންމެ ހަފްތާ ބަންދެއްގައި ވެސް ގިނަ ބަޔަކު މާލޭ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތަކަށް އާއިލާއާއެކު ޒިޔާރާތް ކުރެ އެވެ. އެހެންނަމަވެސް ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ މިދަނޑިވަޅުގައި އެޗްޕީއޭއިން އެތަންތަން ބަންދުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މީގެ އިތުރުން ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ޖެހޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބަދަލު ގެނެސްފަ އެވެ. މި ބަދަލާއި އެކު މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ އިން ފެށިގެން މަތީ ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދެވޭނީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެންނެވެ. 

ކޮވިޑް 19 ގެ 3 ވަނަ ރާޅާއި ކުރިމަތިލާން ޖެހިފައިވާ އިރު ކުރިން އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއި ދިނުމާއި ގުޅިގެން ރައްޔިތުން އިތުރަަށް ރައްކާތެރިވެ، މީހުންނާއި ބައްދަލުވާއިރު ވެސް 3 ފޫޓުގެ ދުރުމިނެއްބެހެއްޓުމަށާއި 5 މީހުންނަށް ވުރެއް ގިނަ މީހުން އެއްވެ ނޫޅުމާށް ވަނީ އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކުރިން އަަޅާފައިވާ ފިޔަވަޅުތައް އުވާލާ ލުއިދިން ނަމަވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ވަކި މަދު ނުވާކަން ފާހަގަކުރެވެ އެވެ. އެ އަދަދުތައް އަދިވެސް ގާތްގަނޑަކަށް އުޅެނީ 100 އިން މަތީގަ އެވެ.  

ކޮވިޑް ޖޯކަށް ވީ ތޯ؟ ސުވާލުކުރާ މީހުންނަށް އެޗްޕީއޭއިން ރަނގަޅު ޖަވާބެއް އެބަ ދޭންޖެހެއެވެ. 

ކޮވިޑް 19 އާއި ގުޅިގެން އެޗްޕީއޭއިން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެތައްބައެއްގެ ދިރިއުޅުމަށް ކުރި މަސައްކަތްތައްވަނީ ހުއްޓުމަކަށް އައިސްފައެެވެ. އަނެއްބައެއްގެ އާމްދަނީގެ ބޮޑުބައެއް ވަނީ ކެނޑިފައެވެ. އޭގެ ތެރެގައި ގިނައީ ކުދި އަދި މެދު މަންތީގެ ވިޔަފާރިތައް ކުރި މީހުންނާއި، ވަޒީފާތަކުގައި އުޅުނު 25،000 އަށްވުރެ ގިނަ ޒުވާނުންނާއި އެމީހުންގެ އާއިލާތަކެވެ. 

މިއަދު ކޮވިޑް 19 ގެ ކޭސްތައް އިންތިހާއަށް އިތުވެފައިވާއިރު، ހޮސްޕިޓަލްތައް ފުރެމުން ދާއިރު، ކުއްލިއަކަށް ލުއި ދިނުމުން ކޮވިޑް 19 ޖޯކަކަށް ބައެއް މީހުންނަށް ވެއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް