ads
އެމެރިކާގެ އަސްކަރިޔާގެ ބޭފުންނާއި ދިވެހި ސިފައިން ބައްދަލު ކުރަނީ
އެމެރިކާގެ އަސްކަރިޔާގެ އިސްބޭފުޅުން ރާއްޖޭގައި
އެމެރިކާގެ އަސްކަރިޔާގެ "ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިން ޖެނެރަލް" އާއި "މޭޖާ ޖެނެރަލް މެކް ޑެނިއެލް" ހިމެނޭހެން އެމެރިކާގެ އަސްކަރިއްޔާގެ އިސް ބައެއް ބޭފުޅުން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަަޑައިގެންފި އެވެ.

އެ ދަތުރުފުޅަކީ މިމަހުގެ 24 އިން 30 އަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، "ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިން ޖެނެރަލް" އާއި "މޭޖާ ޖެނެރަލް މެކް ޑެނިއެލް" ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ވަނީ ކުރައްވާ ފައެވެ.

ބަންޑާރަކޮށީގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި އެމެރިކާގެ އަސްކަރިޔާގެ ޕެސިފިކް ކޮމާންޑާއި ގުޅިގެން އެމްއެންޑީއެފްގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ކުރިއަށްގެންދެވޭނެ އެކިއެކި އަސްކަރީ ތަމްރީނުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

your imageބައްދަލުވުމުގެ ތެރެއިން

ޔޫއެސް އާމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިން ޖެނެރަލްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް މެކް ޑެނިއެލް އަކީ އޮސްޓްރޭލިއަން އާމީގެ އެކިއެކި ސްޕެޝަލް އޮޕަރޭޝަންނަލް ކޮމާންޑުތަކުގެ ކޮމާންޑަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ސްޕެޝަލް އެއާ ސާވިސް ރެޖުމަންޓާއި ސްޕެޝަލް އޮޕަރޭޝަން ކޮމާންޑްގެ ކޮމާންޑަރު ކަން ވަނީ ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި މޭޖާ ޖެނެރަލް މެކް ޑެނިއެލްގެ އަރިހުގައި ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންވެެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ދަތުރުފުޅުގައި އެމެރިކާގެ އަސްކަރިއްޔާއިން ހަތް ދުވަސް ވަންދެން ރާއްޖޭގައި މަޑުކުރައްވާނެއެވެ. 

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް