ads
އިދިކޮޅު ހަރަކާތު ކޮމެޓީގެ ދެ މެންބަރަކު މީޑިއާއަށް މައުލޫމާތު ދެނީ
އިދިކޮޅު ހަރަކާތު ކޮމެޓީގެ މެންބަރުން ފުލުހަށް ހާޒިރުކޮށްފި
ހުކުރު ދުވަހު އިދިކޮޅުން ބާއްވާ އިހްތިޖާޖްއާއި ގުޅިގެން އިދިކޮޅު ހަރަކާތު ކޮމެޓީގެ މެންބަރުން ފުލުހަށް ހާޒިރުކޮށްފި އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން އެ ކޮމެޓީގެ މެންބަރުން ފުލުހަށް ހާޒިރުކޮށްފަ ވަނީ އަންނަ ހުކުރު ދުވަހު ވެސް އިދިކޮޅުން އިހްތިޖާޖް ކުރިއަށް ގެންދަން ނިންމާފައިވާކަމުގެ އިންޓެލިޖެންސް މައުލޫމާތު ފުލުހަށް ލިބިފައިވާތީ ކަމަށް އިދިކޮޅުން ބުނެއެވެ. 

ފުލުހަށް ހާޒިރުވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ހަރަކާތު ކޮމެޓީގެ ފަރާތުން ބުނީ އަންނަ ހުކުރު ދުވަހު އިހްތިޖާޖް ބާއްވާކަން އަދި އެ ކޮމެޓީގެ ފަރާތުން އިއުލާންކޮށްފައިވެސް ނުވާނެ ކަމަށާއި އެކަން އިއުލާން ކުރާނީ މިއަދު ބާއްވާ ޕްރެސްއެއްގެ ތެރެއިން ކަމަށެވެ. 

"އެހެންނަމަވެސް ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތާއި އެކި އެކި ޕޯސްޓްތަކުން އަނެއްކާވެސް ހުކުރު ދުވަހު އިހްތިޖާޖެއް ކުރިއަށް ގެންދާކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައި އޮތީއޭ ބުނެ، އަޅުގަނޑުމެން ގެނެސްފަ މިއަދުވެސް ކުރީ ހަފްތާތަކެކޭ އެއްގޮތަށް ގާނޫނާ ފުށުއަރާ އެތަށް ވާހަކަތަކެއް ދައްކާފަ އަޅުގަނޑުމެންނަށް ނުކުރެވޭ ވާހަކަ އެބަ ބުނޭ" މީޑިއާއަށް މައުލޫމާތު ދެމުން ކޮމެޓީގެ ފަރާތުން ބުނެފައިވެއެވެ.

ކޮމެޓީން ބުނީ ހިޔާލު ފާޅުކުރުމުގެ ހައްގަކީ ގާނޫނުގެ ތެރެއިން އިމެއްނެތި ފުޅާކޮށް ލިބިދީފަ އޮތް ހައްގެއް ކަމަށް އެ ކޮމެޓީގެ ފަރާތުންވެސް ވަރަށް ސާފުކޮށް ބުނަމުންދާ ކަމަށާއި އެއްވެސް ގާނޫނެއްގެ ތެރެއިން އެ ހައްގު ނުހިފެހެއްޓޭނެ ކަމަށެވެ.

ކޮމެޓީން އިތުރަށް ބުނީ، އެބޭފުޅުން އިހްތިޖާޖް ކުރަމުންދަނީ ފުލުހުންނާއި ކުރިމަތިލުމަށް ނޫންކަމާއި، އިހްތިޖާޖް ކުރަމުންދަނީ ގައުމުގައި މިވަގުތު ހައްލު ބޭނުންވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް މިއަދު ފުލަހަށް ހާޒިރުކުރުމުންވެސް ބުނެފައިވާނެ ކަމަށެވެ. 

އިދިކޮޅުގެ އިހްތިޖާޖު ކޮމެޓީގެ ފަރާތުން މީޑިއާއަށް ދިން އިންޓަވިއު ނިންމާލަމުން ވަނީ މާދަމާ ވެސް ހަވީރު 16:00 އިން ފެށިގެން އިހްތިޖާޖް ކުރިއަށް ދާނެ ކަން އިއުލާން ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް