ads
އެމާ ވެޓްސަން---
ދިއްލީ ޔުނިވާސިޓީގެ ދަރިވަރުންގެ އެދުމެއް އެމާ ވެޓްސަންއަށް!
ގިނަ ބަޔަކު ހެއްވާލަން ދަންނަނަމަ އެއީ ހަމަ ހަގީގަތުގައި ވެސް އިންޑިއާގެ ދިއްލީ ޔުނިވާސިޓީގެ ދަރިވަރުންނެވެ.

ހެރީ ޕޮޓާ ފްރެންޗައިސްގައި ހާމަނީ ގްރޭންޖާގެ ރޯލުން ފެނި، މަޝްހޫރުކަން ހޯދި ފިލްމީ ތަރި އެމާ ވަޓްސަނަށް މިވަނީ އިންސްޓަގްރާމު މެދުވެރިކޮށް ގިނަ ދަރިވަރުންތަކެއް މެސެޖްކޮށްފަ އެވެ. 

އެގޮތުން ދިއްލީ ޔުނިވާސިޓީގެ ދަރިވަރުންގެ އިނގިރޭސި ޕޭޕަރު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހަދާފައިވާއިރު އޭގެ ގިނަ ސުވާލުތައް ބިނާވެފައި އޮތީ އެމާ، އދ. ނުވަތަ ޔުނައިޓެޑް ނޭޝަންސްގައި ދެއްކި ވާހަކައެއްގެ މައްޗަށެވެ. 

ދަރިވަރުންނަށް ޕޭޕަރު ފެނި ހައިރާންވީ ސެލެބްރިޓީއެއްގެ ސްޕީޗަށް ބިނާކޮށް މުޅި ޕޭޕަރު އޮތުމުންނެވެ. އެކަމުގެ ކަންބޮޑުވުން ދަރިވަރުން ހިއްސާކުރީ އޭނާއަށް މެސެޖްކޮށްގެންނެވެ. އެގޮތުން ފޮނުވާފައި ހުރި މެސެޖްތަކަށް ބަލާއިރު މަޖާ މެސެޖްތަކެއް ވެސް ހުއްޓެވެ.

އެގޮތުން، އޭނާއަށް ހިންދީ ބަހުން ފޮނުވި މެސެޖްތަކުގައި ވަނީ ކޮންމެ އިރެއްގައި ވެސް ސްޕީޗެއް ދީފައިނެތޯ އާއި ކުޑަކޮށް ވިސްނާފައި ވާހަކަ ދެއްކިދާނެތޯ އެދިފަ އެވެ. 

ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކަށްވީ އެމީހުން އެ އިންޓަވިއު ނުވެސް ބަލާތީ އެވެ. އަދި ބައެއް ކުދިންނަށް އެ ބުނާ އިންޓަވިއުއެއް ސޯޝަލް މީޑިއާއިން އަޅައިގަތަސް އެ އެހާ ރަނގަޅަށް ނުވެސް ބަލަ އެވެ. މިހެންވެ އެމާ ދެއްކި ވާހަކައަކުން އެކުދިންގެ ޖާނުދިޔައީ ކަމަށް ބުނެ އެވެ. މިހެންވެ ކޮންމެ ކޮންމެ ތަނެއްގައި އެކަހަލަ ބޮޑެތި ވާހަކަ ނުދައްކަން އެދުނެވެ.  

އާތިކާ ޗޯދްރީ ނަމަކަށް ކިޔާ ދަރިވަރަކު ބުނީ، މުޅި ޕޭޕަރު އެވާހަކަތަކުގެ މައްޗަށް ބިނާވެފައި އޮތުމުން އެމީހުންގެ އިހުސާސްތައް އެމާއަށް ބަންޑުންކޮށްލަން ބޭނުންވީ ކަމަށެވެ. "ކެމްޕަސް ހުރާފަތު" ހޭޝްޓެގާއެކު އެ ދަރިވަރުން މިކަމެއް ކުރީ އެއް ދަރިވަރަކު އެގޮތަށް މެސެޖްކުރުމުން މަޖާވެގެންނެވެ. އެގޮތުން އެކަން ކުރުމަށް ފަހު އެންމެން ވެސް އިންސްޓަގްރާމު ސްޓޯރީއަށް ހިއްސާކުރީ އެވެ. މާގިނަ އިރެއްނުވެ އެ ޕޯސްޓްތައް ވައިރަލްވި އެވެ.

އެކުދިން ތިބީ މިކަމުގައި އެމާގެ ބަހެއް ލިބޭނެ ކަމަށް އުއްމީދު ވެސް ކޮށްގެނެއް ނޫނެވެ. އެކަމަކު ބަހެއް ލިބިއްޖެނަމަ "ސަޅި" ވާނެ ކަމަށް ބުނެ އެވެ. 

ދަރިވަރުން މެސެޖްކުރީ ހިންދީން ކަމުން، އޭނާއަށް އޭގައި ލިޔެފައިވާ އެއްޗެއް ވެސް ނޭނގޭނެ ކަމަށް ބުނެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް