ads
ފޮޓޯ: ޓްވިޓާ
ްޖަމްޝީދާ ލިބާހުގައި ވެސް އެހާ ނަލަ!
ރާއްްޖޭގެ މަޝްހޫރު ފިލްމީ ތަރި ޖަމްޝީދާ މަޝްހޫރް ވެފައިވަނީ ހަމަ އެކަނި އޭނަގެ އެކްޓިންގެ މޮޅު ހުނަރަކުން ނޫނެވެ. އެކްޓިންއާއި އެއް ވަރަަށް އޭނަގެ ރީތިކަމަކީ އޭރު 1990 އިގެ އަހަރުތަކުގެ ފިލްމީ ތަރިންނަށް ބަލާއިރު އެވަރު ދެވަނައެއް ނުވާ ރީތިކަމެއް ލިބިފައިވާ ތަރިއެކެވެ

ޖަމްޝީދާ ނުވަތަ މަޝްހޫރް ނަމުންނަމަ ޖަމޭގެ ރީތިކަމުން ކަތި ނުވާ ޒުވާން ފިރިހެން ކުއްޖެއްގެ ހިތެއް އެ ދުވަސްވަރު ނުހުންނާނެއޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެއެވެ. ހެދުން އެޅުމުގެ ސްޓައިލުން ފެށިގެން ފަން ދިގު އިސްތަށިގަނޑަށް ވެސް އެތަށް ޒުވާނުންނެއް ދިޔައީ ފިދާވަމުންނެވެ. 

އެެހެންނަމަވެސް ރާއްޖޭގެ އެތައް ޒުވާނުންގެ ހިތްތަށް ކަތިލުމަށްފަހު ޖަމޭވަނީ މީހަކާއި ކައިވެނި ކޮށްފައެވެ. ފިލްމީ ދާއިރާއިން ކުރިއެރުން އޮތް ނަމަވެސް ޖަމޭ ވަނީ އޭގެ ފަހުން ފިލްމީ ކެރިއަރު ދޫކޮށްލުމަށްފަހު ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

އޭގެ ފަހުން މިހާރު ބުރުގާވެސް އަޅާ ފިލްމީ ދާއިރާއާއި އެއްކޮށް ދުރަށް ގޮސްފައިވާ ޖަމްޝީދާ ފިލްމީ އިންޑަސްޓްރީން ވަނީ މުޅިން ގެއްލިފައެވެ. އެހެންނަމަވެސް ފިލްމީ ދާއިރާއާއިން އަދިވެސް ޖަމޭ ފެނުމަށް އެދޭ އެތަށް ބަޔަކު ރާއްޖޭގައި އެބައުޅެއެވެ. 

މިފަހުން ސޯޝަލް މީޑިއާގައި ޖަމޭ ދިވެހި ލިބާހުގައި ހުރި ފޮޓޯއެއް ވައިރަލް ވަމުން އަންނައިރު އެ ލިބާހުގައި އޭނަގެ ރީތިކަމަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން ޖަމޭ އަކީ މިހާތަނަށް ރާއްޖޭގެ ފިލްމީ އިންޑަސްޓްރީން ފެނުނު އެންމެ މޮޅު އަދި އެންމެ ހިތްގައިމު އެއް ތަރިއެވެ. 

your imageވައިރަލް ވަމުންދާ ފޮޓޯ

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މިފޮޓޯއިން ފެންނަނީ ފެޝެން ޝޯއަަކަށް ނަލަވެ ޒިނާތްތެރިވެގެން ފެހި ކުލައިގެ ދިވެހި ލިބާހެއްގައި އޭނަ ހުރި މަންޒަރެވެ. ފޭލީގެ ކުލައާއި ފައިވާނުގެ ކުލަވެސް ގުޅުވާލާފައިވާއިރު ހިޔަލައެއްހާ ޖަމްޝީދާ ރީއްޗެވެ. 

މިއީ ކޮން އިރަކު ނަގާފައިވާ ފޮޓޯއެއްކަން ސޯޝަލް މީޑިއާގައި މިފޮޓޯ ހިއްސާކުރި މީހާ ބުނެފައި ނުވިނަމަވެސް މިއީ 1990  އަހަރު ތަކުގައި ބޭއްވި ފެޝަން ޝޯއަކުން ނަގާފައިވާ ފޮޓޯއެއް ކަމަށް ބެލެވެއެވެ. 

58%
ކަމުގޮސްފި
42%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް