ads
އަސްލަން
އަސްލަން މިހާރު ކުރާކަމަކީ "ސަންސެޓް" ބެލުން
ހުދުކުލައިގެ “އަސްލަން" އަންނަނީ އޭގެ ރީތި އާދަތަކުން އައްޑޫ ރައްޔިތުންނާއި ރާއްޖޭގެ ގިނަ ބަޔެއްގެ ވެސް ހިތްތަށް ކަތިލަމުންނެވެ. އަސްލަންގެ ލޯބި ވީޑިއޯތަށް ދޭތެރެދޭތެރެއިން ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މިވަގުތު އެންމެ ގިނަ ފޭނުންވެސް ތިބީ އަސްލަންގެ އެވެ.

އައްޑޫ ސިޓީއަށް ގެނައި އަސްތައް ބަލާލާއި، އަސްތަކާއެކު ފޮޓޯ ނަގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އޮތީ ހުޅުވާލާފައެވެ. އެހެންނަމަވެސް އަސްތައް މާހައުލަށް ހޭނުމަށް އިތުރު ވަގުތު ބޭނުންވާތީ އަސްތައް ދުއްވަން އަދި ފުރުސަތު ހުޅުވާ ނުލާއޮތީއެވެ. 

ކައިވެނި ހަފްލާތަކަށްވެސް ބޭނުން ކުރެވޭ މި އަސްތަކުގެ ތެރޭގައި ތިން އަހެއް ހިމެނެއެވެ. އެއީ “ޖޯޖިއާ، ސޯފީ އަދި އަސްލަން” އެވެ. އޭގެތެރެއިން ހުދުކުލައިގެ “އަސްލަން”އަށް ގިނަބައެއްގެ ކަޅި ހުއްޓިގެން ދިޔައީ ސަބަބެއްވެސް ނެތިއެއް ނޫނެވެ.

އެހެންނަމަވެސް މި އަސްތަކުގެ ތެރެއިން ހުދުކުލައިގެ “އަސްލަން”އަށް ގިނަބައެއްގެ ކަޅި ހުއްޓިގެން ގޮސްފައިވާއިރު، އަސްލަން އަންނަނީ މާހައުލަށް ފުރިހަމައަށް ހޭނެމުންނެވެ. އަސްލަންގެ ހިތްގައިމު ވީޑިއޯތައް ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި ދައުރުވާއިރު، އަސްލަން ވަނީ މާހައުލަށް ހޭނި، ވަރަށް ބޮޑަށް ހެލިފެލިވާން ފަށާފައެވެ.

މިއަދު އަސްލަން ވަނީ ސަންސެޓްވެސް ބަލާލަން ގޮސްފައެވެ. ހިތްގައިމު އައްޑޫގެ މާހައުލުން އަސްލަން އިރުއޮސްސޭ މަންޒަރު ބެލުމާއި ރީތި މާހައުލުގައި ހިނގާލަން ނިކުމެ އުޅޭ މަންޒަރު ފެންނަ ލޯބި ފޮޓޯތަކެއް މިއަދު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. 

އަސްތައް ބަލާލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން މެންދުރު 12:00 އާއި ހަވީރު 16:00 އާއި 18:00 އާ ދެމެދުގަ އެވެ. އެގޮތުން އަސް ބަލަން ވަންނަ ކޮންމެ މީހެއްގެ އަތުން ވެސް ވިހި ރުފިޔާ ނަގާނެ ކަމަށް ބުނެ އެވެ.

އައްޑޫ ސިޓީއަށް ފަސް އަސް ގެނައުމަށް ފިޝަރީޒް މިނިސްޓްރީން ހުއްދަދީފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް