ޑރ. ޖަމީލް--
ޕީޖީއަކީ ރައީސް އޮފީހުގެ ޑިވިޝަނެއްކަން ކަށަވަރުވެއްޖެ: ޖަމީލް
Share
ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަކީ ރައީސް އޮފީހުގެ ޑިވިޝަނެއްކަން ކަށަވަރުވެއްޖެ ކަމަށާއި ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމްގެ ޒިންމާއަކީ ރައީސް އަބްދުﷲ ޔާމީނަށް ދަޢުވާކުރުން އެކަނިކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް މިހެން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި، އެކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީން ނިންމި ނިންމުން މުރާޖާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ހުށަހެޅި ހުށަހެޅުން އެ މައްސަލަ މުރާޖާ ކުރާނެ އެކަށީގެންވާ ސަބަބެއް ނެތްކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަބުރާ ފޮނުވާލާފައި ވާތީ އެވެ. 

ޖަމީލް ވިދާޅުވީ، ކޮވިޑްގެ، އެންމެ ބޮޑު ކޮރަޕްޝަންގައި ވެންޓިލޭޓަރު ގަންނަން 2 މިލިއަން ޑޮލަރު ނެގި ކަމަށެވެ. އެހެންނަމަވެސް ވެންޓިލޭޓަރުވެސް އަދި ފައިސާވެސް ނުލިބުނުކަން ފާހަގަކުރައްވާ ށރ، ޖަމީލް ވިދާޅުވީ، ޕީޖީ ޝަމީމްގެ ޒިންމާއަކީ ރައީސް ޔާމީނަށް ދައުވާކުރުން އެކަނި ކަމަށެވެ. އަދި މިއީ ދައުވާ ކުރަންޖެހޭ ވަރު މައްސަލައެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"ޕީޖީ ޝަމީމްގެ ޒިންމާއަކީ ރައީސް ޔާމީނަށް ދަޢުވާކުރުން އެކަނި. ޕީޖީ އަކީ ރައީސް އޮފީހުގެ ޑިވިޝަނެއްކަން ކަށަވަރުވެއްޖެ. މިއީ ދަޢުވާކުރަންޖެހޭ މައްސަލައެއް" ޑރ. ޖަމީލް ވިދާޅުވިއެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް އެދި އޭސީސީން މައްސަލަ ޕީޖީއަށް ފޮނުވި އެވެ. އެ މައްސަލަ ޕީޖީއަށް ފޮނުވުމުން ޕީޖީން ވަނީ އެކަމުގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރަން ނިންމާފައެވެ. އެހެންކަމުން އެ މައްސަލަ އަލުން މުރާޖާ ކުރުމަށް އެދި އޭސީސީން ވަނީ ޕީޖީގައި އެދިފައެވެ.

އެހެންނަމަވެސް އެ މައްސަލަ އަލުން މުރާޖާ ކުރުމަށް ނުފެންނަ ކަމަށް ނިންމާ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އަށް ޕީޖީ އޮފީހުން ފޮނުވާފައިވަނީ އެ މައްސަލަ މުރާޖާ ކޮށްދިނުމަށް ކަމަށް ބުނެ ފަހުން އޭސީސީން ފޮނުވާފައިވާ ކަންކަމުގެ ތެރޭގައި، ޕީޖީން އެ މައްސަލާގައި ދައުވާ ނުކުރަން ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ވަރުގެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށް ބުނެއެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަން އެނގުނީ ހެލްތު މިނިސްޓްރީގެ އޮޑިޓުންނެވެ.

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލާގަ އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ހެލްތް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު އޭގެ ތެރެއިން އަދި 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް