ads
ޖަމަލުތަކެއް--
މާ ގިނައިން ފެންބޯތީ އޮސްޓްރޭލިއާގައި 10،000 ޖަމަލު މަރާލަނީ
ދެކުނު އޮސްޓްރޭލިއާގައި ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން އަސަރުކޮށްފައިވާ ހިސާބުތަކުގައި އުޅޭ 10،000 އަށް ވުރެ ގިނަ ޖަމަލު މަރަން ނިންމައިފި އެވެ.
ދެކުނު އޮސްޓްރޭލިއާގައި ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން އަސަރުކޮށްފައިވާ ހިސާބުތަކުގައި އުޅޭ 10،000 އަށް ވުރެ ގިނަ ޖަމަލު މަރަން ނިންމައިފި އެވެ.

އެ ޖަމަލުތައް މަރަން ނިންމީ ފެނުގެ ދަތިކަން ދިމާވެފައި ވާއިރު، މާ ގިނައިން ފެން ބޮމުން ދާތީ އެވެ. ބައެއް ސަރަހައްދުތަކުގައި ޖަމަލުތައް މީހުން އުޅޭ ހިސާބުތަކަށް ގޮސް ފެން އިސްކުރުތަކާއި، ޓޭންކުތަކުން ފެންބޮމުންދާ ކަމުގެ ޝަކުވާ ވަނީ ކޮށްފަ އެވެ.

ފެނުގެ މައްސަލައިގެ އިތުރުން ނުރައްކާތެރި ގްރީންހައުސް ގޭހެއް ކަމަށްވާ މީތޭން ބޭރު ކުރާ މައްސަލައަކީ ވެސް ޖަމަލުތައް މަރަން ނިންމި ސަބަބެކެވެ.

އޮސްޓްރޭލިއާގައި 1.2 މިލިއަން ޖަމަލު އުޅޭ ކަމަށް ލަފާ ކުރެވޭއިރު، 10،000 ޖަމަލު މެރުމުގެ އޮޕަރޭޝަން ފަސް ދުވަހަށް ކުރިއަށް ދާނެ އެވެ.

ޖަމަލަކީ ކުރިން އޮސްޓްރޭލިއާގައި އުޅުނު ޖަނަވާރެއް ނޫނެވެ. ޖަމަލު އެގައުމަށް ތައާރަފް ކުރީ 19 ވަނަ ގަރުނުގެ ތެރޭގައި އިންޑިއާ އާއި އަފްގާނިސްތާނުން އިމްޕޯޓުކޮށްގެންނެވެ.

ޖަމަލުތައް މަރަން ނިންމާފައި ވާއިރު، އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން އެކި ބާވަތުގެ ބިލިއަނަކަށް ވުރެ ޖަނަވާރު މަރުވެފައިވާ ކަމަށް ލަފާކުރެވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް