ads
އެމެރިކާއަށް އެރި ނަގޫރޯޅިއެއް:
އެމެރިކާއަށް ނަގޫރޯޅި ތަކެއް އަރައި ހަ މީހުން މަރުވެއްޖެ
އެމެރިކާގައި ނަގޫރޯޅި ތަކެއް އަރައި ހަ މީހުން މަރާލައިފިއެވެ.

ބާރު ވަޔާއެކު ނަގޫރޯޅިތައް އަރައި ބޮޑެތި ގެއްލުންތަކެއް ވެފައިވަނީ އެމެރިކާގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށެވެ. 

އެ ސަރަހައްދުތަކުގެ އިމާރާތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. 

މިގޮތުން އެމެރިކާގެ ދެކުނަށްވަނީ 23 ނަގޫރޯޅި އަރާފައެވެ. އެއީ އަލަބާމާ އަށް 17 ނަގޯރޯޅި، ޖޯޖިއާއަށް ފަސް ނަގޫރޯޅި، އަދި މިސިސިޕީއަށް އެއް ނަގޫރޯޅި އެވެ. 

އެމެރިކާގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ އަދިވެސް އެ ސަރަހައްދުތަކަށް ނަގޫރޯޅި އެރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް