ads
ޓޫރިސްޓުން ----- ފުޓޯ: ޓްރެވެލް ޓްރޭޑް މޯލްޑިވްސް
މިއަހަރު އެންމެގިނަ ފަތުރުވެރިން އައީ އިންޑިއާ އަދި ރަޝިޔާއިން
މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނާއި ރަޝިޔާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

އެގޮތުުން މިއަހަރުގެ މާރިޗު 20 އާއި ހަމަޔަށް ރާއްޖެއަށް ޖުމްލަ 251,286 ފަތުރުވެރިއެއް ޒިޔާރަތް ކޮށްފައި ވާއިރުއޭގެ ތެރެއިން 23.8 އިންސައްތަ މީހުންނަކީ އިންޑިއާ މީހުންނެވެ. މިއާއެކު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވަނީ 59,806 އަށް އަރާފައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. މިއަހަރު އެގައުމުން ރާއްޖެ އައިސްފައި ވަނީ 54,529 ފަތުރުވެރިންނެވެ.

އިންޑިއާ އާއި ރަޝިޔާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ވަމުން އަންނައިރު ސަރުކާރުން އަންނަނީ މި ދެ ގައުމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރި އެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

އެގޮތުން މި މަހުގެ ރަޝިޔާގައި މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އިން ބޭއްވި އެކްޒިބިޝަނެއްގައި ބައިވެރިވެ ރާއްޖެއިން ވަނީ "ބެސްޓް އައިލެންޑް ޕްރެޒެންޓޭޝަން އެވޯޑް" އާއި "ބްރައިޓް އެކްޒިބިޝަން އެވޯޑް" ހާސިލް ކޮސްފައެވެ. އަދި މިއީ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ. 

ކޮވިޑް-19 ގެ ހާލަތާއެކު ފަތުރުވެރިން ރާއްޖެ ގެނައުން ހުއްޓާލުމަށް ފަހު މިހާރު އަނެއްކާވެސް 682 ތަނަކުން ވަނީ އަލުން ހިދުމަތް ދޭން ފަށާފައެވެ. އޭގެ ތެރޭގައި 149 ރިސޯޓަކާއި، 385 ގެސްޓުހައުސްއެއްގެ އިތުރުން 137 ސަފާރިއަކާއި 11 ހޮޓަލެއް ހިމެނެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް