ads
މިލިންދް ސޯމަން ---
30 އަށްވުރެ ގިނަ ފަހަރު ކޮވިޑަށް ޓެސްޓު ކުރިން: މިލިންދު
ބޮލީވުޑްގެ އެކްޓަރު އަދި ފިލްމު ޕްރޮޑިއުސަރު މިލިންދް ސޯމަން 30 އަށް ވުރެ ގިނަ ފަހަރު ކޮވިޑަށް ޓެސްޓު ކުރި ކަމަށް އޭނާ ބުނެފި އެވެ.

މިލިންދު މިހެން ބުނެފައި ވަނީ، ކޮވިޑް 19 އަށް ޕޮޒިޓިވްވިކަން ޓުވިޓާގައި އާންމު ކުރުމަށް ފަހު އިންސްޓަގްރާމްގައި އޭނާގެ މިހާރުގެ ހާލަތާއި ގުޅިގެން ކުރި ޕޯސްޓެއްގައެވެ.

އެގޮތުން އޭނާ ޕޮޒިޓިވްވީ ކިހިނެތްކަން ބުނެދޭން އުނދަގޫ ކަމަށް މިލިންދު ބުނެފައިވެއެވެ. އަދި މާޗް 18 ވަނަ ދުވަހު ދިއްލީއަށް ކުރި ދަތުރަށް ފަހު އެނބުރި އަންނަމުން ހެދި ޕީސީއާރު ޓެސްޓު ނެގެޓިވްވި ކަމަށް މިލިންދު ބުނެގައިވެއެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އާންމު ކުރީ އޭގެ ހަފްތާ ފަހުން، މިދިޔަ ބުރާސްފަތި ދުވަހު އެވެ. 

މިލިންދު ވަނީ މިމަހު 18ގައި އެނބުރި އައި ފަހުން އޭނާ މަސައްކަތް ކުރަމުން އައީ ގޭ ގައި ކަމަށާއި، އަދި ކޮންމެ ދުވަހަކު ބޭރަށް ދުވަން ދާކަމަށެވެ. އަދި އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހު ކުޑަކޮށް ވަރު ބަލިކަން އިހުސާސް ކުރެވެން ފެށި ކަމަށް މިލިންދު ބުނެފައި ވެއެވެ. ވަރު ބަލިކަން އިހުސާސް ވުމުގެ އިތުރުން ކުޑަކޮށް ބޮލުގައި ރިއްސި ކަމަށް މިލިންދު ބުނެފައި ވެއެވެ. 

އެންމެ ފުރަތަމަ ޕީސީއާރު ޓެސްޓެއް ހެދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަތަރެއްގައި ކަމަށް މިލިންދު ވަނީ މި ޕޯސްޓުގައި ހިއްސާ ކޮށްފައެވެ. އެގޮތުން މި ޓެސްޓު ހަދާފައިވަނީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް، ދަތުރު ކުރުމުގެ ކުރިން ކަމަށް މިލިންދު ބުނެފައި ވެއެވެ. 

އަދި އޭގެ ފަހުން ކޮންމެ ހަފްތާއަކުހެން ދަތުރު ކުރަން ޖެހޭ ކަމަށާއި، އޮކްޓޫބަރު މަހު އެމެރިކާއަށްވެސް ދިޔަ ކަމަށް މިލިންދު ބުނެފައިވެއެވެ. އަދި މިހާތަނަށް އެކި ދަތުރު ކުރުމަށް ހެދި ކޮވިޑް ޓެސްތުތަކުން 30 އަށް ވުރެ ގިނަ ފަހަރު ކޮވިޑަށް ޓެސްޓު ކުރެވުނު ކަމަށް މިލިންދު ބުނެފައިވެއެވެ. 

މިލިންދު ވަނީ އޭނާ ކަންކުރަމުން އައީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެއްގޮތަށް ކަމަށް ބުނެފައެވެ. އަދި ހުރިހާ "ޕްރޮޓޮކޯލް" ތަކާއި އެއްގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިލިންދު ބުނެފައި ވެއެވެ. 

މިލިންދުގެ އިތުރުންވެސް ބޮލީވުޑްގެ އެކި ތަރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން އާމިރު ހާން އަދި ކާތިކް އާރްޔަން ފަދަ ތަރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވިކަން އާންމު ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް