ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ-- ފޮޓޯ: ވީނިއުސް
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި އެވެ.

ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައި ވަނީ ހެނދުނު 9:00 އިން ފެށިގެން މެންދުރު 14:00 ގެ ނިޔަލަށް ށ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ.  

މެޓުން ބުނީ ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ދެކުނު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން، ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. 

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށާއި ރާޅުގެ އުސްމިން އުޅޭނީ އެއް ފޫޓާއި ތިން ފޫޓާ ދެމެދުގައި ކަމަށް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް