ads
ރާއްޖެއަށް ފަތުރުވެރިން އައުން--
5275 ފަތުރުވެރިންނާއެކު އާ ރިކޯޑެއް
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލި ފަހުން، އެއް ދުވަހެއްގެ ތެރޭގައި 5275 ފަތުރުވެރިން ރާއްޖެއަށް އަތުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް މަރުހަބާ ކިޔާއި ޓޫރިޒަމް މިނިސްޓްރީން ބުނީ އިއްޔެ ރާއްޖެއަށް 5275 ފަތުރުވެރިން އައިސްފައިވާ ކަަމަށެވެ. އެއީ މިއަހަރުގެ އާ ރިކޯޑެެއް ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މި މާޗު މަހުގެ ތެރޭގައި އެންމެ ދުވަހެއްގައި ވެސް 5000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައެއް ނުވެ އެވެ. އެންމެ ގިނަ މީހުން އައި ދުވަހެއްގެ ގޮތުގައި ފާހަގަކުރެވެނީ މިމަހުގެ ވިހި ވަނަ ދުވަހެވެ. އެ ދުވަހު ވަނީ 4509 މީހުން އައިސްފަ އެެވެ. އެހެންނަމަވެސް މިދިޔަ މަހުުގެ 21 ވަނަ ދުވަހު ވަނީ 5100 ފަތުރުވެރިން އައިސްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 272،652 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފަ އެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ އަވަށްޓެރި އިންޑިއާ އިންނެވެ. އެއީ މިހާތަނަށް އައި ފަތުރުވެރިންގެ ނިސްބަތުން 23.5 އިންސައްތަ ފަތުރުވެރިންނާއެކު އެވެ. ދެވަނާގައި ރަޝިއާ އޮތީ 21.5 ފަތުރުވެރިންނާއެކު އެވެ. އަދި ލިސްޓުގެ ތިން ވަނާގައި ޔޫކްރެއިން އޮތީ 6.2 އިންސައްތަ ފަތުރުވެރިންނާއެކު އެވެ. 

ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިހާތަނަށް 692 ތަނެއް އޮޕަރޭޓް ކުރަން ފަށާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 150 ރިސޯޓް، 394 ގެސްޓްހައުސް، 137 ސަފާރީ އާއި 11 ހޮޓެލެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް