ads
ފޮޓޯ: އެމްއެންޑީއެފް
ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރަން އެމެރިކާއިން އެހީވަނީ
ދިވެހި އަސްކަރިއްޔާގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް އެހީތެރިވުމުގައި އެމެރިކާ އަސްކަރިއްޔާ ދެމި އޮންނާނެ އެމެރިކާގެ އަސްކަރިއްޔާއިން ބުނެފި އެވެ.

އެކަން ހާމަކޮށްފައިވަނީ ޔޫއެސް އާމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިން ޖެނެރަލް، މޭޖާ ޖެނެރަލް މެކް ޑެނިއެލް، މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އަރިހަށް މިމަހުގެ 25 ވަނަ ދުވަހު ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގަ އެވެ. 

އެ މެންޓޯގައި ދިވެހި އަސްކަރިއްޔާގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފުކުރެއްވިއިރު އެމެރިކާގެ އަސްކަރިއްޔާ، ރާއްޖޭގެ އަސްކަރިއްޔާއާއެކު އަބަދުވެސް އޮންނެކަން ހާމަކުރެއްވި އެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި އެމެރިކާގެ ޑިފެންސް ޑެޕިއުޓީ އަންޑާ ސެކެރެޓަރީ އޮފް ޑިފެންސް ރީޑް ވާނާ، އެމެރިކާގެ ފިލަޑެލްފިއާގައި 2019 ވަނަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވޯކް އެގްރީމެންޓާއި ގުޅިގެން އެމްއެންޑީއެފް އޭރިއާތަކަށާއި އެމްއެންޑީއެފުން ހިންގާ ހާއްސަ އޮޕަރޭޝަންތަކުގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ވާސީލަތްތަކާއި އާލާތްތަކުގެ އެހީތެރިކަން އެމެރިކާގެ އަސްކަރިއްޔާއިން އަންނަނީ ފޯރުކޮށްދެމުންނެވެ. 

ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހި އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރިއްޔާއާ ދެމެދު އޮތް ގުޅުން އިހުނަށްވުރެބޮޑަށް ބަދަހިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެެވެ.

މިގޮތުން އެމެރިކާ ސެކިއުރިޓީ ފޯސެސް ބްރިގޭޑް "އެސްއެފްބީއޭ" ގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ މާފިލާފުށީގައި "ބްލެކް މާލިން" ނަމުގައި އެއް މަސްދުވަހުގެ ތަމްރީނުތަކެއް މާޗް 1 ވަނަ ދުވަހު ފެށިގެން މިހާރުވެސް ކުރިއަށްދާކަމަށް ބުނެ އެވެ.

މީގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާގެ މަތީ ފަންތީގެ ވަފުދުތައް ރާއްޖެ ޒިޔާރަތް ކުރައްވާފައިވާއިރު، 2019 ވަނަ އަހަރު ޖެނުއަރީ މަހު، އެމެރިކާގެ އެސިސްޓެންސް ސެކެރެޓަރީ އޮފް ޑިފެންސް ރެންޑަލް ޝްރައިވާ އަދި އެމެރިކާގެ އެކްޓިން އަންޑަ ސެކެރެޓަރީ އޮފް ޑިފެންސް ފޯ ޕޮލިސީ އެންތަނީ ޓާޓާ މިއަހަރު ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތް ކުރައްވައި ދެ ގައުމުގެ މެދުގައި ޑިފެންސް އެންޑް ސެކިއުރިޓީ ޑައިލޮގް ނަމުގައި މަޝްވަރާތަކެއް ވަނީ ބާއްވާފަ އެވެ. 

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޔޫއެސް އާމީ ފެސިފިކްގެ ޑެޕިއުޓީ ކޮމާންޑަ މޭޖަ ޖެނެރަލް ޑެނިއަލް އެފް މެކްޑެނިއަލް ރާއްޖެ ވަޑައިގަންނަވާފައިވާއިރު އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑްގެ ކޮމާންޑަ ބްރިގޭޑިއަ ޖެނެރަލް ރުޑް ވެސް ވަނީ ރާއްޖެ ވަޑައިގަންނަވާފަ އެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަސްކަރިއްޔާގައި ބޭނުންކުރާ އަސްކަރީ ބައެއް އާލާތްތަކާއި ވަސީލަތްތައް އެމްއެންޑީއެފަށް ހަދިޔާ ކުރައްވާފަ އެވެ. އޭގެ އިތުރުން ވެސް ކޮވިޑް-19 ގެ ޕެންޑެމިކްގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ގިނަގުނަ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް