ads
އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު
ކޮވިޑް ނަމްބަރުތައް ދަށެއް ނުވޭ، ދެން ކޮން ލުޔެއް؟
ރާއްޖެއަށް ކޮވިޑްގެ ތިން ވަނަ ރާޅު ބިންދާލީ މި އަހަރުގެ ތެރޭގަ އެވެ. ކޮވިޑްގެ ކޭސްތައް ދަށްވުމުގެ ސަބަބުން ނިމިދިޔަ އަހަރުގައި ފިޔަވަޅުތައް އުވާލިތާ މާގިނަ ދުވަސްތަކެއް ނުވެ 100 އިން މައްޗަށް ކޭސްތައް އަރައިގެންދިޔަ އެވެ. ބަލި ކޮންޓްރޯލްކުރުމަށް އަނެއްކާ ވެސް މަޖުބޫރުވީ ފިޔަވަޅުތައް ވަރުގަދަ ކުރާށެވެ.

ފެބްރުވަރީ މަހުގެ ދެވަނަ ދުވަހުގައި ކޮވިޑްގެ ހާލަތް ކޮންޓުރޯލް ކުރުމަށްޓަކައި މާލޭ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގައި ވެސް ފިޔަވަޅުތައް ވަރުގަދަ ކުރި އެވެ.

އަތޮޅުތަކުގައި މާސްކު އެޅުން މަޖްބޫރު ކުރުމުގެ އިތުރުން މާލޭ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތައް ބަންދުކޮށް، ކާފިއު ވެސް ދަންމާލި އެވެ. އަދި ރޭގަނޑު އަށަކުން ފެށިގެން ފަތިހު 4:30 އަށް ވެހިކަލް ދުއްވުން މަނާކުރިއެވެ. އެކަމަކު އެދެވޭ ނަތީޖާއެއް ނުފެނިގެން އަނެއްކާ ވެސް ފިޔަވަޅު ހަރުކަށިކުރި އެވެ. އެގޮތުން ހަވީރު ހަޔަކުން ފަތިހު ހަޔަކަށް ދުއްވާ އެއްޗިހި ދުއްވުން މަނާކޮށް، ކެފޭ ރެސްޓޯރެންޓުތައް 8:00 ފަހުން ބަންދުކުރުމަށް އެޗްޕީއޭއިން ނިންމީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގަ އެވެ. އަދި 11 ގެ ފަހުން އާންމުން މަގު މައްޗަށް ނިކުމެ އުޅުން ވެސް މަނާކުރެވިގެން ދިޔަ އެވެ. އާންމު ހަރަކާތްތައް މަދުކުރުމުގެ ނިޔަތުގަ އެވެ. 

އޭގެ އިތުރުން، ކެފޭ ރެސްޓޯރަންޓުތަކުން ޑައިނިންގެ ހިދުމަތް ވެސް 20:00 އަށް ނިންމާލާ، 10:30 އަށް ޓޭކްއަވޭ ހިދުމަތް ދިނުން ވެސް ހުއްޓާލަން އެންގީ ހަމަ މި ބުނާ ކޮވިޑްގެ ބިރުވެރިކަމާ ހުރެ އެވެ. 

ނަމަވެސް އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވިޔަސް، އެއީ ކޮވިޑް ކޮންޓްރޯލް ކުރަން ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްކަން ދޭހަކޮށްދީ އެޗްޕީއޭ އިން ވާހަކަ ދެއްކި އެވެ. އާންމު ހާލަތަށް އަވަހަށް ރުޖޫއަވުމަށް އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އަންގައިދިނެވެ. އެކަމަކު އެޗްޕީއޭގެ ފިޔަވަޅުތައް ގާތްގަނޑަކަށް ދެ މަސްވާން ގާތްވެފައިވަނިކޮށް މީގެ ތެރެއިން ބައެއް ފިޔަވަޅުތައް ވަނީ އުވާލާފަ އެވެ. 

އެގޮތުން ބަންދުކުރި ޕާކުތަކާއި މައިޒާންތައް ހުޅުވާލާއި، ވެހިކަލް ދުއްވުން މަނާކޮށްފައި އޮތް އޮތުން މިވަނީ އުވާލާފަ އެވެ. ނަމަވެސް މި ލުއިތައް ދިން ވަގުތަށް ބަލާނަމަ ހާލަތު ބަދަލެއް ނުވެ އެވެ. ފިޔަވަޅުތައް ހަރުކަށި ކުރިއިރު ރާއްޖޭގެ ހާލަތު އޮތް ގޮތަށް ކޮންމެ ދުވަަހަކު ފެންނަ ކޭސްތައް އުޅެނީ އާންމުކޮށް 100 އިން މަތީގަ އެވެ. 

މިހެންކަމުން، ހަމަ ޔަގީނުން ވެސް މިފަހަރުގެ ލުއިތައް މިދިނީ ހާލަތަށް ރިއާޔަތްކޮށް ނޫންކަން ސާފެވެ. ފެންނަ މަންޒަރަށް ބަލާނަމަ ލުއިދިނީ އާންމުންނަށް ދަތިވާތީ އެކަމުގެ ޝަކުވާތައް ކުރާތީ އެވެ. ކޮންމެހެން ރާއްޖޭގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށްގެނެއް ނޫނެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް