ads
ކެޓްރީނާ ކައިފް--
ކެޓްރީނާއާ ހެދީ މޮޔަވަގެން އުޅޭ މީހުންނަށް ހިތާމަވެރި ހަބަރެއް!
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް، ލޯބީގެ ގޮތުން އެތައް މަޝްހޫރު ތަރިންނާއި ވަނީ ގުޅިފަ އެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އެމީހުންގެ ގުޅުން ނިމުމަކަށް އަ އެވެ.

ކެޓްރީނާ އެންމެ ފަހުން ރައްޓެހިވެފައި ވަނީ އާލިއާގެ ލޯބިވެރިޔާ ރަންބީރު ރަޕޫރާ އެވެ. އޭގެ ފަހުން ވިކީ ކޯޝަލްއާ ވެސް އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަޑެއް އެރި އެވެ. 

އެކަމަކު ކެޓްރީނާ ބުނީ އޭނާ ހުރީ ހުސްކޮށް ކަމަށާއި ދުވަހަކުވެސް ބިޓެއް ނަގާނެ ކަމަށް ނުބެލޭކަމަށެވެ.

ކެޓްރީނާ ބުނީ އޭނާގެ ހިތްވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި ދެން އޭނާ ބޭނުންވަނީ ކެރިއާގެ އިތުރުން އަމިއްލަ މީހާގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.

ކެޓްރީނާ މިހެން ބުނެފައިވީ ނަމަވެސް އޭނާ ވިކީ ކައުޝަލް ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް އަރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަކު އަނެކަކުގެ ގެއަށް ދިއުމުން ފެށިގެން އެކުގައި ވަގުތު ހޭދަކުރުން އިތުރުވާތީ މި ދައްކާ ވާހަކަތަކަށް ބާރުދެ އެވެ. އެކަމަކު މިއަދާ ހަމައަށް ދެ ތަރިން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.

 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް