ads
ސަޗިން ޓެންޑުލްކާ
ސަޗިން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ސަޗިން ޓެންޑުލްކާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ސަޗިން މިއަދުވަނީ އެކަން ޓްވިޓާގައި އިއުލާންކޮށްފައެވެ.

ސަޗިން، ކޮވިޑަށް ޕޮޒިޓިވްވީކަން މިއަދު އިއުލާނުކޮށް، އޭނާ ކުރި ޓްވީޓުގައި ބުނެފައިވަނީ އޭނާގެ ހަށިގަނޑުން ކޮވިޑުގެ އަލާމާތްތައްވެސް ފެންނަކަމަށެވެ. ސަޗިން މިއަދު ކޮވިޑަށް ޕޮޒިޓިވްފައިވާއިރު، އާއިލާގެ އެހެން އެންމެން ނެގެޓިވްކަމަށްވެސް ސަޗިންގެ ޓްވީޓުގައި ބުނެފައިވެއެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިންޑިއާގެ ކުރީގެ އެއް ނަންބަރު ކުޅުންތެރިޔާ ސަޗިން މިވަގުތު ހުރީ މުމްބާއީގައި ހުންނަ އޭނާގެ އަމިއްލަ ގޭގައެވެ. އުމުރުން ސާޅީސް ހަތް އަހަރުގެ ސަޗިންވަނީ އޭނާގެ ރަން ޒަމާނުގައި ވޯލްޑްކަޕު އިންޑިއާއަށް ކާމިޔާބުކޮށްދީފައެވެ. އޭގެ އިތުރުން އޭނާއަކީ ޓެސްޓް އަދި ވަންޑޭ އިންޓަނޭޝަނަލްގެ އޯލް ޓައިމް ހަޔަސްޓް ރަން ސްކޯރާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް