ads
ސުޕަ ޑާންސާ ޗާޕްޓާ4--
ސުޕާ ޑާންސާ ޗެޕްޓާ 4 މީޑިއާނެޓުން ބަލާލެވޭނެ!
ސުޕަ ޑާންސާ ޗާޕްޓާ ހަތަރެއް ސޮނީ އެންޓަޓެއިންމަންޓް އެޗްޑީ އިން މިއަދު ދައްކަން ފަށާގޮތަށް ހަމަޖެހިއްޖެ އެވެ.

ސުޕަ ޑާންސާ ޗާޕްޓާ ހަތަރެއް މި ފަށަނީ އޭގެ ކާމިޔާބު ތިން ސީޒަނަށް ފަހު އެވެ. އެގޮތުން ޝޯގެ ޖަޖުންގެ ގޮތުގައި ފެނިގެންދާނީ ޝިޕްލާ ޝެޓީ ކުންޑްރާ އާއި ގީތާ ކަޕޫރު އަދި އަނުރާގް ބާސޫ އެވެ. 

އެ ޝޯ ހޯސްޓް ކުރާނީ މާމާޖީގެ ނަމުން މަޝްހޫރު ޕަރިތޯޝް ޓްރިޕާތީ އާއި ރިތުވިކް ދަންޖާނީ އެވެ. 

އެ ޝޯ އިން އިންޑިއާގެ ކުޑަ ކުދިންގެ ނެށުމުގެ ހުނަރު ފެނިގެންދާނެ އެވެ. މި ޝޯ ދައްކަން ފަށާނީ މިރޭ 19:30 ގައި ޗެނަލް ނަމްބަރު 853 އަކުންނެވެ.

ސުޕަ ޑާންސާ ނިމޭ ގޮތަށް އިންޑިއަން އައިޑަލް ހަމަ އެ ޗެނަލުން ދައްކާނެ އެވެ. މި ޝޯ މީޑިއާނެޓްގެ މަލްޓި ސްކްރީނުން ވެސް ފެންނާނެ އެވެ. އެގޮތުން މި ޝޯ މިސްވެއްޖެނަމަ އޭގެ ރިޕީޓް ހަތަރު ދުވަސް ވަންދެން މަލްޓި ސްކްރީނުން ބަލާލެވޭނެ އެެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް