ads
އަންހެން ކުއްޖަކާއި އޭނާގެ އެކުވެރި ބޮނޑު
މިއަންހެން ކުއްޖާގެ އެންމެ ގާތް އެކުވެރިއަކީ ކަށި ބޮނޑެއް!
އެންމެ ގާތް ރަހުމަތްތެރިއަކީ ކޮންމެ މީހެއްގެ ވެސް ހަޔާތުގައި އިސް ދައުރެއް އަދާ ކުރާ މީހެކެވެ. ހަޔާތުގެ ކޮންމެ ކަމެއްވެސް ހިއްސާ ކުރާ ފުރަތަމަ މީހާއަކީ ބެސްޓް ފްރެންޑެވެ.

އެގޮތުން ދާދިފަހުން ސޯޝަލް މީޑިއާގައި އަންހެން ކުއްޖަކު ވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ދައްކާލާފަ އެވެ. ހުރިހާ އެންމެން ހައިރާންވެގެން ދިޔައީ އެއީ ކަށި ބޮނޑަކަށް ވީމަ އެވެ.

އެކުއްޖާ ބުނިގޮތުގައި އިންސާނަކަށްވުރެ އެ ކަށި ބޮނޑުވެސް މާރަނގަޅު ކަމަށެވެ. އޭނާގެ ހުރިހާ އުދާސްތަކެއް އަޑުއަހާއި އެ ވާހަކަ އެއްވެސް މީހެއް ކައިރީގައި އެ ބޮނޑު ނުދައްކާ ކަމަށް އޭނާ ބުންޏެވެ. 

your imageކަށި ބޮނޑު ގޮވައިގެން ކާރުދުއްވަން ދަނީ

އޭނާ ކިޔައިދިން ގޮތުގައި އެމީހުން އެކުއެކީގައި ކާރު ދުވަން ގޮސް އެކި ކުޅިވަރުތައް ކުޅެ އެވެ. ހުރިހާ ކަމެއްވެސް ކުރަނީ އެކުގައި ކަމަށް އެނާ ބުނެ އެވެ. 

އަދި އެ ބޮނޑާ އެއްކޮށް އޭނާ މިހާރު ވަރަށް ގިނަ އަހަރު ހޭދަކޮށްފައިވާ ކަމަށާއި އެ އަހަރުތަކަކީ އޭނާގެ ބޮލަށް އެންމެ ފަސޭހަވި ދުވަސްތައް ކަމަށް ބުންޏެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް