ads
އަލީ އާއި ޖޭޒްމީން--
ޖޭސްމީނަށް ފްލާޓްކުރާ މީހުންނަށް އަލީގެ އިންޒާރެއް!
އަލީ ގޯނީ އަދި ޖޭސްމިން ބާޝިންގެ ލޯބި ވާހަކައަކީ ގިނަ ބަޔަކު ދައްކަމުން އަންނަ ވާހަކަ އެވެ. ކަލާސް އިން ދެއްކި ބިގްބޮސް އިން ގިނަ ބައެެއްގެ ސަމާލުކަން ހޯދި މި ދެތަރިންގެ ގުޅުން މިހާރު ސިއްރެއް ނޫނެވެ. އެކަކު އަނެކަކަށް އޮތް ލޯބި އަންނަނީ ދައްކަމުންނެވެ.

އަލީ މި ފަހުން މިވަނީ އޭނާގެ ސަޕޯޓަރުން ކުރިމަތިކުރި ސުވާލުތަކަށް ސޯޝަލް މީޑިއާގައި ޖަވާބުދީފަ އެވެ. އޭގެ ތެރެއިން ބައެއް ސުވާލަކީ ޖޭސްމީނާ ގުޅުވައިގެން ކުރެވުނު ސުވާލުތަކެވެ. 

އެގޮތުން ސަޕޯޓަރަކު ވަނީ އެހެން މީހަކު ޖޭސްމީންއަށް ފްލާޓް ކުރާނަމަ ޖެލަސްވާނެތޯ ސުވާލުކޮށްފަ އެވެ. އެ ސުވާލަށް އަލީ ދިން ޖަވާބުން އޭނާއަކީ ވަރަށް "ޕޮސެސިވް" ބޯއީފްރެންޑެއްކަން އެނގިގެންދެ އެވެ.

އެގޮތުން ޖަވާބުގައި އަލީ ވަނީ އޭނާގެ ކުރިމަތީގައި މީހަކު ފްލާޓްކޮށްފިނަމަ ދެން ވާނެ ގޮތް ވެސް ފެންނާނެ ކަަމަށް ބުނެފަ އެވެ.

އޭގެ އިތުރުން ވެސް އޭނާއަށް ޖޭސްމިން ރީތިވާ ބައެއް ގޮތްތައް ވެސް ކިޔައިދިނެވެ. އެގޮތުން ވެސްޓާން ހެދުންތަކަށް ވުރެ އިންޑިއާގެ ސަގާފަތާ އެއްގޮތަށް ހެދުން އެޅުމުން މާރީތި ކަމަށް ބުންޏެވެ. 

އަލީގެ އިތުރުން ޖޭސްމީނަކީ ވެސް ޓީވީ ތަރިއެކެވެ. އެގޮތުން ޖޭސްމީން ވަނީ ދިލް ސޭ ދިލް ތަކް އަދި ނާގިން އަދި ދިލް ތޯ ހެޕީ ހޭ ޖީ އިން ފެނިގެންގޮސްފަ އެވެ. އަލީ ވަނީ ޔޭހޭ މޮހައްބަތޭން އާއި ދިލް ހީ ތޯ ހޭ އިން ވެސް ފެނިގެންގޮސްފަ އެވެ.

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް