ads
ޗައިނާއިން ސިނަފޯމް ވެކްސިން ހަދިޔާކުރުން--
7000 އަށް ވުރެ ގިނަ މީހުން ސިނަފޯމް ވެކްސިން ޖަހައިފި
ރާއްޖެއިން 7000 އަށް ވުރެ ގިނަ މީހުން، ސިނަފޯމް ވެކްސިން ޖަހައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ޑިރެކްޓަރު ތަސްލީމާ އުސްމާން ވިދާޅުވީ ރާއްޖެއިން މިހާތަނަށް ޗައިނާގެ ސިނަފޯމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 7651 މީހުން ކަމަށެވެ.

ރާއްޖޭގައި މިހާރު ހުރީ ސައިނަފޯމްގެ 118000 ޑޯޒެވެ. އޭގެތެރެއިން 18000 ޑޒް ވެކްސިނަކީ ހެޔޮއެދޭ ފަރާތަކުން ހަދިޔާކޮށްފައިވާ ވެކްސިން ކަމަށް ވެސް ތަސްލީމާ ވިދާޅުވި އެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ދެލައްކަ ސިނަފޯމް ވެކްސިންގެ ފުރަތަމަ ބެޗް ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގަ އެވެ.

ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާއި، 18 އަހަރާއި 60 އަހަރުގެ މީހުންނަށް ދޭނީ ސިނަފޯމް ވެކްސިނެވެ. 

ރާއްޖެއިން ތިން ވެކްސިނަކަށް ވަނީ ހުއްދަދީފަ އެވެ. އެއީ ސިނަފޯމްގެ އިތުރުން ފައިޒާ އާއި ކޮވިޝީލްޑެވެ. ރާއްޖެއިން އިއްޔެގެ ނިޔަލަށް ވަނީ 227،696 މީހަކު ވެކްސިން ޖަހާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް