ads
ބަޔަކު މުދާ އުފުލަނީ -- ފޮޓޯ: މިހާރު
މުދާ އުފުލާ ވަގުތުތަކަށް އަަނެއްކާވެސް ބަދަލުތަކެއް ގެނެސްފި
މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތަކަށް އަނެއްކާވެސް ބަދަލުތަކެއް ގެނެސްފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ބުރިޖުމަތިން މުދާ އުފުލުމުގަ އާއި ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުމުގައި އަމަލުކުރާނެ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. 

އެގޮތުން މާލެ އާއި ހުޅުމާލޭގައި 350 ކިލޯ އިން ފެށިގެން ދަށުގެ ޕިކަޕު 24 ގަޑިއިރު މާލެތެރޭގައި ޑެލިވަރީ ކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލޭގޮތަށް ހަމަޖައްސާފައިވާއިރު ހެނދުނު 9:00 އިން ހެނދުނު 11:30 އަށް އަދި މެންދުރު 01:30 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ހެނދުނު 11:30 އިން މެންދުރު 01:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލުން މަނާކުރާއިރު ހަވީރު 06:00 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެން އަދި ގޭސް އުފުލޭގޮތަށް ހަމަޖައްސާފައިވާ ކަމަށް ބުނެ އެވެ. 

ބްރިޖު މަތިން މުދާ އުފުލުމަށް ގެނެސްފައިވާ ބަދަލަށް ބަލާއިރު ހުޅުމާލެއަށް މުދާ ގެންދިއުމަށް، ދެ ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖުމަތިން އުފުލޭގޮތަށް ވަނީ ހަމަޖެއްސާފަ އެވެ. އެގޮތުން އެ ފަދަ އުޅަނދު ދަތުރުކުރަންވާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުން ކަމަށް ބުނެ އެވެ. އަދި ދެ ޓަނުން މަތީގެ އުޅަނދު ބުރިޖުމަތިން ހަވީރު 06:00 އިން ހެނދުނު 06:00 އަށް މުދާ އުފުލޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ. 

އޭގެ އިތުރުން، ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުމަށް ބަލާއިރު މާލެ، ހުޅުމާލެއަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 06:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. 

އެގޮތަށް ހަމަޖެއްސި ނަމަވެސް، ސްކޫލް ފެށޭ ގަޑި އާއި ނިމޭ ގަޑީގައި ސްކޫލު ހިމެނޭ ސަރަހައްދުގައި މުދާ އުފުލާ އެއްވެސް އުޅަނދެއްގައި މުދާ އުފުލުމަކީ މަނާކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް