ads
ނިމްޝާ--
ނިމްޝާ ދިވެހި ހެދުމެއްގައި، ލޯބި ދޯ؟
މޯލްޑިވިއަންގެ ކެބިން ކްރޫއެެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ނިމްޝާ ޒާހިރުގެ ނަން، ދިވެހިންގެ ތެރޭގައި ވައިގައި ހިފީ ޓިކްޓޮކުންނެވެ. މިއަދު އޭނާއަކީ ދިވެހިންގެ މެދުގައި މަގްބޫލު ތަރިއެކެވެ.

އެގޮތުން އިންސްޓަގްރާމު މެދުވެރިކޮށް އެކަނި ވެސް 29000 އަށް ވުރެ ގިނަ ބަޔަކު އަންނަނީ ނިމްޝާ ފޮލޯކުރަމުންނެވެ. 

މިއަދު ނިމްޝާ ދޫކޮށްލީ ރަތް ލިބާހެއްގައި އޭނާ ހުރި ބޫމަރަންގެކެވެ. ކެޕްޝަނުގައި "ހީލާށޭ' ޖެހުމަށް ފަހު ހިއްސާކުރި އެ ޕޯސްޓަށް ކޮމެންޓް ކުރި މީހުން ވަނީ އޭނާ ވަރަށް ރީތި ކަމަށް ބުނެފަ އެވެ. 

ނިމްޝާ އާންމުކޮށް ދިވެހި ގޮތަކަށް ހެދުން އަޅާފައި ހުއްޓާ ފެންނަނީ މަދު ފަހަރަކު އެވެ. އެކަމަކު މިގޮތަށް މަދު ފަހަރަކު ފެނުނަސް އެންމެނަށް ވެސް އޭނާގެ އެ ފެނިލުން ކަމުދެޔެވެ. 

ދިވެހި ގޮތަކަށް ނިމްޝާ ހެދުން އަޅާފައި ވަނީ ކޮން މުނާސަބަކާ ގުޅިގެން ކަމެއް ނޭނގެ އެވެ. އަދި މިހާތަނަށް އެ ހެދުން ލައިގެން ކުޅުނު ޓިކްޓޮކެއް ވެސް ހިއްސާއެއް ނުކުރެ އެވެ. އެކަމަކު ނިމްޝާ ފެނިގެންދަނީ ވަރަށް ރީއްޗަށް މޭކަޕް ވެސް ކޮށްލައިގެން ހުއްޓާ އެވެ. 

your imageނިމްޝާ--

ޓިކްޓޮކްގައި އޭނާގެ 55،900 އަށް ވުރެ ގިނަ ފޮލޯވާސް އެބަހުއްޓެވެ.

5%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
45%
ސަތޭކައަކުން ސުމެއް
45%
ވަރަށް ސަލާމް
ކޮމެންޓްސް