ads
ފޮޓޯ:ޕީއެސްއެމް
އ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް މޫސުން ގޯސް ވާނެ: މެޓް
އ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް މޫސުން ގޯސް ވާނެ ކަމަކަށް ލާފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.

މެޓުން ވަނީ އެ ސަރަހައްދުތަކަށް ބާރަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މިރޭ 19:45 އަކުން ފެށިގެން 23:00 އަށް ޔެލޯ އެލާޓް ނެރެފަ އެވެ. 

މެޓުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެ އެވެ.

މީގެ އިތުރުން ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީވެ އެންމެހައި ފަރާތަތަކުން މޫސުމަށް ސަމާލު ވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް