ads
ގޯކުލާމްގެ ކުޅުންތެރިން އުފާފާޅުކުރަނީ
އިންޑިއާގެ ޗެމްޕިއަންކަން ހޯދައި ގޯކުލާމް އޭއެފްސީ ކަޕަށް
އިންޑިއާގެ އައި ލީގުގެ ޗެމްޕިއަންކަން ހޯދައި އަންނަ އަހަރުގެ އޭއެފްސީ ކަޕުން، ގޯކުލާމް ކެރެލާ އެފްސީން ޖާގަ ހޯދައިފިއެވެ. ގޯކުލާމް، އައިލީގު ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ޓްރައޯ އެފްސީ ބަލިކޮށްގެނެވެ.

ލީގުގެ ފަހު މެޗު ގޯކުލާމުން ކާމިޔާބުކުރީ މަނިޕޫރުގެ ޓިޑިމް ރޯޑް އެތްލެޓިކް ޔޫނިއަން- ޓްރާއޯ ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ. މިއާ އެކު ގޯކުލާމް ވެގެން ގޮސްފައިވަނީ އައި ލީގު ކާމިޔާބުކުރީ ކެރެލާގެ ފުރަތަމަ ޓީމަށެވެ. މީގެ ކުރިން ކެރެލާގެ އެއްވެސް ޓީމަކަށް އައިލީގު ކާމިޔާބު ކުރެވިފައި ނުވިނަމަވެސް ދެކުނު އިންޑިއާއަށް ނިސްބަތްވާ ޗެންނާއީ އެފްސީން އައި ލީގު ކާމިޔާބުކުރިއެވެ.

 ގޯކުލާމް ކެރެލާއިން އައި ލީގު ކާމިޔާބުކުރުމާ އެކު 2022 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ސައުތު އޭޝިޔާ ގްރޫޕުން އެ ޓީމަށް ޖާގަ ލިބުނީ އެވެ. މި ގްރޫޕަށް ދެން ކޮލިފައިވާނީ ރާއްޖޭގެ މިއަހަރުގެ ދިވެހި ލީގުގެ ޗެމްޕިއަނުންނާއި ބަންގްލަދޭޝްގެ ލީގުގެ މިއަހަރުގެ ޗެމްޕިއަނުންގެ އިތުރުން ޕްލޭ އޮފުން ކޮލިފައިވާނެ ޓީމެކެވެ.

އައި ލީގުގެ ޗެމްޕިއަންކަން ގޯކުލާމުން ހޯދީ ލީގުގައި ކުޅުނު ފަނަރަ މެޗުން ޖުމްލަ އޮނަތިރީސް ޕޮއިންޓް ހޯދައިގެންނެވެ. ފަނަރަ މެޗުން ހަމަ އެ އަދަދށް ޗަރޗިލް ބްރަދަރސްވެސް ޕޮއިންޓް ހޯދިއެވެ. އެހެންނަމަވެސް ގޯކުލާމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް