ads
------------
މިނިކާވަގެއް ކައިރިން މަކުނެއް ސަލާމަތްވާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން!
ގަހެއްގެ ކުރިއަށް ރާމާމަކުނެއް އަތު އަޅުވާލުމަށް މިނިކާ ވަގެއް އަރާއި އޮއްވާ ދުވަހަކު ވެސް ފެނުން ހެއްޔެވެ. މިފަހުން ސޯޝަލް މީޑިއާގައި ވައިރަލްވެފައި މިވަނީ އެފަދަ ވީޑިއޯއެކެވެ.

އިންޑިއަން ފޮރެސްޓް ސާވިސް (އައިއެފްއެސް) ގެ އޮފިސަރު ޕަރަވީން އަންގުސަމީ މި ހަފްތާގައި އާންމުކުރި ވީޑިއޯއަކުން ފެންނަނީ މިނިކާވަގެއްގެ ކިބައިން މަކުނެއް ސަލާމަތްވާ މަންޒަރެވެ. 

ވީޑިއޯގައި ފެންނަނީ މިނިކާވަގު ރާމާމަކުނު އަތު އަޅުވާލަން ގަހުގައި އޮތް މަންޒަރެވެ. އޭރު މަކުނު ވެސް އޮފިގަނޑެއްގައި އެލިގަނެގެން މަޑުން އިން މަންޒަރު ފެނެ އެވެ. އެކަމަކު ކުއްލިއަކަށް މަކުނު ވަރަށް ހުށިޔާރާއެކު އެހެން އޮފިގަނޑަކަށް ބަދަލުވި ވަގުތު މިނިކާވަގު އެއަށް ހަމަލާދޭން މަސައްކަތް ކުރެ އެވެ. އެކަމަކު އޭތި ވެއްޓުނީ ބިން މައްޗަށެވެ.

އެ ވީޑިއޯ ޕަރަވީން އާންމުކުރީ އެއްވެސް މީހަކު އެމީހަކު ބަލިކަށި މީހެއް ކަމަށް ދެކިގެން ނުވާނެ ކަަމަށާއި އޭގެ ބަދަލުގައި ގަދަ ހިތްވަރާއެކު ކުރިމަތިލާން ދަންނަންވާނެ ކަމަށް ބުނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް