ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ސިވިލް ސާވިސް ކެޓަގަރީން ދިރިއުޅުމުގެ ހާލަތު ބަލަން ލަފާދީފި
ހިޔާ މަޝްރޫއުގެ ދަށުން ސިވިލް ސާވިސް މުވައްޒަފުންނަށް ފްލެޓް ދިންއިރު ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާތީ އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރަން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ލަފާދީފި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ކޮމިޓން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައިވާ ގޮތުން ހިޔާ މަޝްރޫޢުގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހާއްސަ ކެޓެގަރީއަށް ކުރިމަތިލާފައިވާ ފަރާތްތަކަށް، އެހެން ކެޓެގަރީތަކާ ހިލާފަށް ދިރިއުޅުމުގެ ހާލަތަށް ބެލުމެއްނެތި އިޖްތިމާއީ ގެދޮރުވެރިކަމަށް ޝަރުޠުހަމަވާކަމަށް ކަނޑައަޅާފައިވާއިރު އެކަމުގެ ސަބަބުން ސިވިލް ސާވިސްއަށް ހާއްސަކޮށްފައިވާ ކެޓެގަރީން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ފަރާތްތައް ހިމެނިފައިވުމުގެ ފުރުސަތު އޮންނާނެ އެވެ. 

އެހެން ކެޓެގަރީތަކުގެ ތެރެއިން ދިރިއުޅު މުގެ ޙާލަތަށް ބަލާއިރު ފްލެޓް ހައްގުވާ، ނަމަވެސް ފްލެޓް ލިބިފައިނުވާ ފަރާތްތަކަށްވުރެ ދިރިއުޅުމުގެ ހާލަތުގެ ގޮތުން ފެންވަރު ރަނގަޅު ފަރާތްތަކަށް ސިވިލް ސާވިސް ކެޓެގަރީން ފްލެޓް ލިބިފައިވާނެކަން ކޮމިޓ ގެ ދިރާސާއިން ފާހަގަވާކަމަށް ރިޕޯޓްގައި ބުނެ އެވެ.

ދިރިއުޅުމުގެ ހާލަތު އެހެން ކެޓެގަރީތަކުގައި ވަޒަންކުރި މިންގަނޑުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ކެޓެގަރ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް ޕޮއިންޓް ދޭނެ އުސޫލެއް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ކަނޑައަޅައި، އެ ކެޓެގަރީ އަލުން މުރާޖައާ ކުރުމަށް ކޮމިޓީން ވަނީ ހުށަހަޅާފަ އެވެ. 

ރައީސް ޔާމީންގެ ސަރުކާރުން އިމާރާތް ކުރި ހިޔާ ފްލެޓްތައް ދޭނެ ބަޔަކު ނިންމާ ކުރީ ސަރުކާރުންވެސް ލިޔުން ދޫކުރިއެވެ. ނަމަވެސް މި ސަރުކާރުން އުފެއްދި ފްލެޓް ކޮމެޓީން އެ ލިސްޓަށް ބަދަލު ގެނެސް އެތަށް ބަޔަކު ވަނީ ލިސްޓުން އުނިކޮށްފައެވެ. އެކި ކެޓަގަރީތަކުން މިހާތަނަށް އާންމުކުރި ވަގުތީ ލިސްޓަށް ގިނަ ބަޔަކު ވަނީ ޝަކުވާއެއް ހުށައަޅާފައެވެ.  

ފްލެޓް ކޮމެޓީން މަސައްކަތް ކުރީ މިދިޔަ އަހަރުގެ ފަހު ދުވަހު ދާއިމީ ލިސްޓް އާންމު ކުރުމަށެވެ. ނަަމަވެސް އެކަން ނުކުރެވުނީ ހުރިހާ ޝަކުވާތަކަށް ޖަވާބުދީ ހައްގު މީހުންނަށް ފްލެޓް ދިނުމަށް ޝަކުވާ ނުކުރެވޭނެ ފަދަ ދާއީމީ ލިސްޓެއް ނެރުމަށް ކަމަށް ފްލެޓް ކޮމެޓީން ވަނީ ބުނެފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް