ads
ހޮސްޕިޓަލް އެއް
ކުއްޖާ ބަނޑަށް މަރުވެ، ދެ ދުވަސް ވަންދެން ބަނޑުގައި!
ރާއްޖޭގައި އަމިއްލަ ހޮސްޕިޓަލެއްގައި ކުޑަކުއްޖަކު ބަނޑަށް މަރުވެ، ދެ ދުވަސް ވީ އިރުވެސް އެކުއްޖާ ބަނޑުން ނުނަގާ ބާއްވައިފިއެވެ.

ބަނޑަށް އަށް މަސް ވެފައިވާ މިކުއްޖާ މަރުވިކަން އެ ހޮސްޕިޓަލުން އަންގާފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެ އަންހެން މީހާ ބަލިވެގެން އެޑްމިޓް ކުރުމަށް ފަހު ކުރި ސްކޭނެއްގައި އެކުއްޖާގެ ވިންދު ނެތްކަން އެނގުމުންނެވެ. 

މި މަހު 25 ގައި ކުއްޖާ މަރުވެފައި ވާއިރު ކުއްޖާ ބަނޑުން ނަގާފައިވަނީ ދެ ދުވަހުގެ މުއްދަތަކަށް ބަނޑުގައި ބޭއްވުމަށް ފަހުގައި ކަމަށް އާއިލާއިން ބުނެއެވެ. އަދި މައިމީހާއަށް ވެދާނެ ގެއްލުމަކަށް ބަލައި އަވަހަށް ދަރިފުޅު ބަނޑުން ނެގުމަށް އާއިލާއިން އެދުނު ކަމުގައި ވިޔަސް މިކަން ވަނީ އަވަހަށް ވާ ގޮތް ނުވެފައެވެ. 

"ބޭބީ މަރުވިކަމަށް ބުނިތާ ކުޑައިރުކޮޅެއްފަހުން ބަނޑުގަ ދެ ދުވަސް ވެފަނެގީ.. ނެގިއިރު އޮތީ ހަނގަނޑު އޮތީ ނޮޅިފަ،"

މިކަމުގައި އެ ހޮސްޕިޓަލަށް ގުޅުމުން ފޯނު ނުނަގާތީ އަދި ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މި މަހުގެ ކުރީ ކޮޅުގައި އައިޖީއެމްއެޗްގައި ވެސް ދުވަސް ނުފުރާ ވިހެއި ކުއްޖެއްވެސް ވަނީ މަރުވަންދެން ބާއްވާފައިކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. 

މިފަދަ މައްސަލަ ތަކާއި ގުޅިގެން މެޑިކަލް ޕްރޮފެޝަނަލްސް އެސޯސިއޭޝަނުން ބުނެފައި ވަނީ މިފަދަ މައްސަލަ ތަކުގައި ގާނޫނީ ގޮތުން އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތް ކަމަށާއި، މިފަދަ ކަންތަކުގައި މުވައްޒަފުން ރައްކާތެރި ކުރުމަށް ހާއްސަ ގާނޫނެއް ވެސް ހެދިފައި ނުވާ ކަމަށެވެ. 

15%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
73%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް