ads
އަލީ ރަޝީދު
ޑެޕިއުޓި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އަލީ ރަޝީދު އައްޔަން ކުރައްވައިފި
ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވި އަލީ ރަޝީދު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ނަމުގައި އުކުލަވާލި އާ ގާނޫނުގައި ހިމެނޭ ފުލުހުން އާ ހުވާކޮށް އެ ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު ރޭގެ ވަގުތެއްގައި ފުލުހުންގެ އިސް މަގާމުތައް އަދާކުރައްވަމުން ގެންދެވި ގިނަ ބޭފުޅުންނަށް ވަނީ މަގާމުގެ ކުރިއެރުން ދެއްވާފައެވެ. 

މިހާރުގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އަލީ ރަޝީދު އައްޔަން ކުރައްވާފައިވާ އިރު އަލީ ރަޝީދަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ކުރަން ތައްޔާރުކުރި ސައްހަ ނޫން ކޯޓު އަމުރު ތަންފީޒުކުރަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުންގެ ޑިސިޕްލިނަރީ ކޮމެޓީއަށް ހުށަހެޅި އެމައްސަލަ އެ ކޮމެޓީން ނުބަލަން ނިންމައިފާވާ ބޭފުޅެކެވެ.

ޑީސީޕީގެ މަގާމަށް އަލީ ރަޝީދު އައްޔަނުކުރި ނަމަވެސް ފުލުހުން އަދި މިކަން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް