ads
ޕަރަސް އާއި އޭނާގެ އާއިލާ--
ޕަރަސްގެ ބައްޕަ ކުއްލި ގޮތަކަށް މަރުވެއްޖެ
ސްޓާ ޕްލަސް އިން ދައްކާ މަޝްހޫރު ޑްރާމާ، "އަނުޕަމާ" ގެ އެކްޓަރު ޕަރަސް ކަލްނަވާތުގެ ބައްޕަ ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އިއްޔެގެ ވަގުތެއްގައި ޕަރާސްގެ ބައްޕަ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި ބައްޕަގެ ކުއްލި މަރުގެ ހަބަރު ޕަރާސްއަށް ލިބުނީ ޝޯގެ ޝޫޓިންގައި އުޅެނިކޮށެވެ. އެއާއެކު ޕްރޮޑަކްޝަން ޓީމު މެމްބަރެއްގެ ސައިކަލެއްގައި އޭނާ އަވަސްވެ ގަތީ ހޮސްޕިޓަލަށް ދިއުމަށެވެ. 

އެ ހަބަރާއެކު މުޅި "އަނުޕަމާ" ގެ ޓީމަށް ވަނީ ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވެފަ އެވެ. ޝޯގެ ލީޑު ތަރި، ރޫޕަލީ ގަންގުލީ އާއި ސުދަންޝޫ ޕާންޑޭ ވެސް ވަނީ ޕަރަސްގެ ހިތާމާގައި ބައިވެރިވާން ހޮސްޕިޓަލަށް ގޮސްފަ އެވެ.

ބައްޕަގެ މަރުގެ ހަބަރު ދިނީ ޕަރާސްގެ މަންމަ ކަމަށް ވެ އެވެ. އެގޮތުން ގުޅި ގޮތަށް ރޯން ފެށި ކަމަށާއި އަދި ބައްޕަ ގޮވައިގެން ހޮސްޕިޓަލަށްދާ ވާހަކަ ހިއްސާކުރި އެވެ. ޕަރަސް ދިއުމުގެ ކުރިން އޭނާގެ ބައްޕަ ވަނީ މަރުވެފަ އެވެ. 

ޝޯގެ ޝޫޓިންތައް ވެސް އެ ދުވަހަށް މެދުކަނޑާލި އެވެ. 

ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ޕަރަސްަށް ކޮވިޑް ޖެހިފަ އެވެ. އެ ދުވަސްކޮޅު ވެސް އޭނާ ވަނީ ޝޯ އިން ޗުއްޓީއެއް ނަގާފަ އެވެ. 

ޕަރަސް ޕޮޒިޓިވްވުމުން އޭނާގެ މުޅި އާއިލާ ޓެސްޓްކުރި އެވެ. އޭނާގެ ބައްޕަ ވަނީ ބައްޔަށް ނެގެޓިވްވެފަ އެވެ. އެގޮތުން ބައްޕައަކީ ހަކުރު ބަލި ހުންނަ މީހެއް ކަމަށާއި ނަސީބުކަން ދިމާކުރި ގޮތުން ބައްޕަ ނެގެޓިވް ކަމަށް ޕަރަސް ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެށި، އަނުޕަމާއަކީ މިހާރު އެންމެ ގިނަ ބަޔަކު ބަލާއި ޓީވީ ޝޯއަށް ވަނީވެފަ އެވެ. 

އުމުރުން 24 އަހަރުގެ ޕަރަސް ވަނީ މޭރީ ދުރްގާ އާއި މަރްޔިމް ހާން، ރިޕޯޓިން ލައިވް އިން ވެސް ފެނިގެންގޮސްފަ އެވެ. 


18%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
53%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް