ޗައިނާއަށް ވެލީގެ ތޫފާނުތަކެއް އަރަނީ
28 މާރޗް 2021 - 13:02:34
މި ހަފްތާ ފެށުނު ފަހުން ޗައިނާގެ ވެރިއަށް ބެއިޖިން އަށް ވެލީގެ ތޫފާނުތަކެއް އަރަން ފަށައިފިއެވެ.
މިއަދު ވެސް ބެއިޖިން އަށް ވަނީ ވެލީގެ ތޫފާނުތަކެއް އަރާފައެވެ. މިއީ މިފަދަ ތޫފާނެއް އެ ސިޓީއަށް މިހަފްތާގެ ތެރޭގައި އެރި ދެ ވަނަ ފަހަރެވެ.
މި ތޫފާނުތަކުގެ ސަބަބުން ބެއިޖިން ވަނީ މިއަދު ހުއްޓުމަކަށް އައިސްފައެވެ.
އެ ސިޓއަށް ވަނީ ޔެލޯ އެލާޓު ނެރިފައެވެ.
މި ތޫފާނުތައް އުފެދިފައިވަނީ މޮންގޯލިއާ ސަރަހައްދުންނެެވެ. އަދި މި ތޫފާނުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ނުރައްކާތެރި ކުޑި ފެތުރެމުން ދާ ކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
ތޫފާނުގެ ސަބަބުން އެ ސިޓީގައި ތަންތަން ދުރަށް ފެންނަ މިންވަރަރުވެސް ވަނީ ވަރަށް ބޮޑުތަނުން ކުޑަވެފައެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް