ads
ހިޔާ ފްލެޓްތަކުގެ އެތެރެ--
ފްލެޓް ނުލިބުނު މީހުންނަށް އެހެން މަޝްރުއަކުން ދޭން އެދިއްޖެ
ހިޔާ މަޝްރޫއުގެ އެންމެ ތިރީ ބައި، ކޮމާޝަލް ސަރަހައްދެއްގެ ގޮތަށް ހާއްސަކުރަން ނިންމުމާއެކު ފްލެޓް ގެއްލޭ 280 ފަރާތަށް ދެން އޮތް މަޝްރޫއުއެއްގެ ދަށުން ފްލެޓް ލިބޭނެ އިންތިޒާމު ހަމަޖައްސަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ސަރުކާރަށް ލަފާދީފި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ބުނީ ހިޔާ މަޝްރޫއުގައި ހިމެނޭ އިމާރާތްތަކުގެ އެންމެ ތިރި، (ގްރައުންޑް ފްލޯ) ގައި ހުރި ހުރިހާ ފްލެޓްތައް ނަގައި، ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ޒަރޫރީ ބޭނުންތަކަށްޓަކައި ކޮމާޝަލް ސަރަހައްދެއްގެ ގޮތަށް އެ ޖާގަ ހާއްސަކުރެވިފައިވާތީ އެ ފްލެޓްތަކުގެ ތެރެއިން 280 ފްލެޓް މަދުވެފައިވާ ކަމަށެވެ.

އެގޮތުން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، އެ މަޝްރޫއުގެ ދަށުން ބިނާކުރެވުނު އިމާރާތްތަކުގެ ޑިޒައިނަށް ބަދަލުގެނައުމަށް ސަރުކާރުން ނިންމައި އެކަން ތަންފީޒުކުރުމުގެ ސަބަބުން ފްލެޓް ލިބުމުން މަހުރޫމްވެފައިވާ 280 ފަރާތަކީ އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބުމަށް ޝަރުތު ހަމަވެ އެކަމުން މަހުރޫމްވެފައިވާ ފަރާތްތަކެއްނަމަ، ކުރިއަށް އޮތްތަނުގައި ސަރުކާރުން ހިންގާ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތަކުން އެފަރާތްތަކަށް ސަރުކާރުން ފުރުސަތު ފަހިކޮށްދޭން އެދޭ ކަމަށެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ފޭސް ދޭއްގައި އިމާރާތްކުރަން ފެށި، ހިޔާ މަޝްރޫއުގެ ދަށުން 7000 ފްލެޓް އަޅަން ނިންމި އެވެ. އެކަމަކު 16 އިމާރާތުގައި ހުރި ދެ ކޮޓަރީގެ ފްލެޓްތަކުގެ އަދަދަކީ މިހާރު 6720 އެވެ. 

މަދުވި ތަންތަނުގައި ތަރައްގީކުރަނީ ކޮމާޝަލް ސަރަހައްދެއް ކަމަށް މި ސަރުކާރުން ކަނޑައެޅިއިރު އެގޮތަށް އެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް