ads
ފޮޓޯ:ސަން
ރާޅުގެ އުސްމިން 6 ފޫޓަށް އުފުލިއްޖެ، ސަމާލުވޭ!
ކަނޑުތައް ގަދަވެ، ރާޅުގެ އުސްމިން ހަ ފޫޓަށް އުފުލުމާއިއެކު ބޯކޮށް ވާރޭވެހޭނެތީ ދެކުނުގެ އަތޮޅުތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން އަންގައިފި އެވެ.

މެޓުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެެވެ. 

އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުނެއެވެ. 

އޭގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ބުނެފައިވާއިރު ރާއްޖޭގެ ކަނޑުތައް 6 ފޫޓަށް އުފުލިފައިވާކަމަށް މެޓުން މައުލޫމާތު ދެއެެވެ. އެހެންކަމުން ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް