ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ--
އޮކްޓޫބަރު/ ނޮވެމްބަރުގައި އޭލެވެލްގައި ބައިވެރިވާން ފުރުސަތުދެނީ
މިއަހަރުގެ މެއި/ ޖޫންގައި ބޭއްވުމަށް ތަވާލުކުރި އޭލެވެލް އިމްތިހާނުގެ ތާރީހު އަވަސްކޮށްފައިވާތީ ބޭނުންވާ ދަރިވަރުންނަށް އޮކްޓޫބަރު/ ނޮވެމްބަރުގައި އިމްތިހާނުގައި ބައިވެރިވާން ފުރުސަތުދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ އެޕްރީލް މެއިގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.ލެވެލް އަދި އޭ.އެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ގްރޭޑް 12 ގެ ދަރިވަރުންނަށް އެކުދިން ބޭނުން ނަމަ، މިހާރުގެ އެޕްލިކޭޝަން ވިތުޑްރޯ ކުރުމަށްފަހު މިއަހަރު އޮކްޓޫބަރުގެ ނޮވެންބަރު ގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތުދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. 

ވިތުޑްރޯ ކުރާ ދަރިވަރުންނަށް ސްކޫލް ނަމުގައި އަލުން ބައިވެރިވެވޭނެކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އެގޮތަށް
ވިތުޑްރޯ ކުރެވޭނީ އައި.އޭ.އެލްގެ މާއްދާތަކުން އެކަނި ކަމަށެވެ. 

އެޗް.އެސް.ސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އެ އިމްތިހާނު މިހާރު ތާވަލު ކުރެވިފައިވާގޮތަށް ކުރިޔަށް ދާނެކަމަށް ވެސް ބުނެ އެވެ. ވިތުޑްރޯ ކުރުމަށް ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސްކޫލް މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އަށް އެންގުމަށް ވަނީ އެދިފަ އެވެ.

އެކަމަކު ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައާއި ސްކޮލާޝިޕް ދިނުމުގައި ބަލާނީ އޭޕްރީލް މޭގެ އިމްތިހާނުގެ ނަތީޖާއަށް ކަމަށް ބުނެ އެވެ. 

އޭލެވެލް އިމްތިހާނަކީ އެޑެކްސެލުން ބާއްވާ އިމްތިހާނެކެވެ. އެތަނުން މިހާރު އިމްތިހާނު ބާއްވާނެ ދުވަސް އަވަސްކުރިއިރު އެކަމުގެ އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާ ކަމަށް މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނެ އެވެ. އަދި އެ ތާރީހު ބަދަލުކުރަން އެޑެކްސެލްއާ އެކު ކުރެވުނު މަޝްވަރާތަކުން އަލިމަގެއް ވެސް ނުފެންނަ ކަމަށް ބުނެފައިވެ އެވެ. 

އެހެންވެ މިނިސްޓްރީން ވަނީ އެޗް.އެސް.ސީ އިމްތިހާނު ބާއްވާ ތާރީހަށް ވެސް ބަދަލު ގެނެސްފަ އެވެ. އެގޮތުން ދެން އިމްތިހާނު އޮންނާނީ އޭ.ލެވެލް އަދި އޭ.އެސް.ލެވެލް އިމްތިހާނު ނިމުމަށްފަހު އެއްމަސް ފަހުން، 13 ޖޫން އިން 17 ޖޫންގެ ނިޔަލަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް